Roadha Mihaaru
ހޮޓާ ރެސްޓޯރަންޓްތަކުގައި ނުކެވޭ ގޮތް ހަދަނީ

ކެެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ދެން ދެވޭނީ ޓޭކްއަވޭ ހިދުމަތް އެކަނި

20 މާޗް 2020

ކޮވިޑް-19 ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން މާދަމާ ރޭ މެންދަމު 12:00 އިން ފެށިގެން މާލެ ސަރަހައްދުގެ ސައިހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒް ކުރެއްވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަނެއް ބަންދުކުރި ނަމެވެސް ޓޭކްއަވޭ ހިދުމަތް ކުރިއަށް ގެންދެވޭ ކަމަށެވެ. އެކަމާ ބެހޭ މި ފިޔަވަޅާ ބެހޭ އިތުރު ތަފްސީލް ހެލްތު ޕްރޮޓެކްޝަން އެކެންސީ (އެޗްޕީއޭ) އިން ހާމަ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގިނަ ގައުމުތަކެއްގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭން ބަޔަކު ޕޮޒިޓިވް ވުމުން ރާއްޖޭގައި މިހާރު އޮތީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަަަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އެ ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އޮފީސްތަައް ވަނީ އިއްޔެއިން ފެށިގެން ބަންދުކޮށްފަ އެވެ. މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައި، ހުކުރު ނަމާދު ވެސް ނުކުރާ ގޮތަށް ނިންމައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހައިތަނަށް 13 މީހަކު ޕޮޒިޓިވް ވި އިރު، އެބައްޔަށް ރާއްޖޭން 517 ސާމްޕަލް ޓެސްޓް ކުރި އިރު ފަސް ސާމްޕަލެއްގެ ނަތީޖާ އަދި އޮތީ ނުލިބި އެވެ.