Roadha Mihaaru
ޓީ-ޖެޓީގެ އުމްރާ ދަތުރު ހަވާލުކޮށްފި

ޓީ-ޖެޓީގެ އުމްރާ ދަތުރު ހަވާލުކޮށްފި

22 ސެޕްޓެމްބަރ 2021

ފުޑް ކޯޓުތައް ހުންނަ ސަރަހައްދުގައި ހިންގާ "ޓީ ޖެޓީ" ރެސްޓޯރަންޓުން ރޯދަ މަހު ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިނާމު ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފުޑް ކޯޓުތައް ހުންނަ ސަރަހައްދުގައި ހިންގާ "ޓީ ޖެޓީ" ރެސްޓޯރަންޓުން ރޯދަ މަހު ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިނާމު ހަވާލުކޮށްފި އެވެ.

"އާ ފެށުމަކުން" ނަމުގައި ހިންގި މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ހުށަހަޅާފައި ވާއިރު މި އިނާމް ލިބުނީ ބ. ކުޑަރިކިލު، ހުދުފަޅު ސާލިމާ ސާލިމް އަށެވެ.

ޓީ ޖެޓީން ވަނީ ކުރިއަށް އޮތް ރޯދަ މަސްތަކުގައި ވެސް މި ޕްރޮމޯޝަން ހިންގަން ނިންމައިފަ އެވެ. މިއީ މި ޕްރޮމޯޝަން ބޭއްވި ދެ ވަނަ ފަހަރެވެ.

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ ރޯދަ ވީއްލާ މީހުންގެ އިތުރުން އެ ރެސްޓޯރެންޓުން 100ރ. އިން މަތީގެ ބިލު ދައްކާ މީހުންނަށެވެ.

ހާބަރު ފުޑްކޯޓްގެ 19 ވަނަ ޔުނިޓުގައި ހިންގާ ޓީޖެޓީ ރެސްޓޯރަންޓަކީ 2018 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ، ކަސްޓަމަރުންގެ މެދުގައި މަގުބޫލު ތަނެކެވެ.