Roadha Mihaaru
ޝައްކުވާ ދިވެއްސަކު ފެނި ހުދުރަންފުށި މޮނިޓަރިން އަށް

ކޮވިޑް-19: ދިވެއްސަކަށް ޝައްކުވެ ހުދުރަންފުށި މޮނިޓަރިން އަށް

22 މާޗް 2020

އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ހުރި ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނުމުން އެ ރިސޯޓް މޮނީޓަރިންގެ ހާލަތަކަށް ގެނެސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ހުރި ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނުމުން އެ ރިސޯޓް މޮނީޓަރިންގެ ހާލަތަކަށް ގެނެސްފި އެވެ.

ކޮވިޑް-19 ވައިރަސްއާ ގުޅިގެން މީގެ ކުރިން ވެސް ބައެއް ރިސޯޓްތައް މޮނީޓަރިންގެ ހާލަތަށް ގެނެސް، އެ ބަލީގެ އަލާމާތްތައް ފެންނަ މީހުން އަންނަނީ ޓެސްޓް ކުރަމުންނެވެ. އޭގެ ތެރެއިން މިހާތަނަށް އެ ބަލި ފެނުނީ 13 މީހެއްގެ ގައިންނެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ހުދުރަންފުށިން އެ ބަލީގެ އަލާމާތްތައް ހުރި ދިވެއްސަކު ފެނުމުން އެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު މޮނީޓަރިންގެ ހާލަތުގައި ކުރިން އޮތް ވެލިގަނޑު ރިސޯޓްގެ އެ ހާލަތު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު 13 މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު ބަލީގެ ނުރައްކާ އޮތްލެއް ބޮޑުކަމުން މުޅި ރާއްޖެ އަށް އާންމު ސިއްހަތު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.