ގޫގުލްގެ އަހަރީ ކޮންފަރެންސް، "އައިއޯ 2020" މި އަހަރު ނުބާއްވަން ނިންމައިފި އެވެ. މަޝްހޫރު ބްރޭންޑް މަރުކާތަކަށް ނިސްބަތްކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައްދަލުވުންތަކާއި، މައުރަޒުތަކާއި އަދި ޝޯތައް މި އަހަރު ވަނީ ކެންސަލްކޮށްފަ އެވެ. އެއީ މުޅި ދުނިޔެ އަށް ފެތުރިގެންފައިވާ ކޮވިޑް-19 އާ ހެދި އެވެ.
24 މާޗް 2020
ގޫގުލްގެ އަހަރީ ކޮންފަރެންސް، "އައިއޯ 2020" މި އަހަރު ނުބާއްވަން ނިންމައިފި އެވެ. މަޝްހޫރު ބްރޭންޑް މަރުކާތަކަށް ނިސްބަތްކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައްދަލުވުންތަކާއި، މައުރަޒުތަކާއި އަދި ޝޯތައް މި އަހަރު ވަނީ ކެންސަލްކޮށްފަ އެވެ. އެއީ މުޅި ދުނިޔެ އަށް ފެތުރިގެންފައިވާ ކޮވިޑް-19 އާ ހެދި އެވެ.
މައިކްރޮސޮފްޓް، އެޕަލް އަދި ފޭސްބުކް ފަދަ ކުންފުނިތަކުން، ސަމިޓްތައް ކެންސަލްކުރި ނަމަވެސް، އޮންލައިކޮށް ނުވަތަ މި ފަދަ ކޮންމެވެސް މާނައެއްގައި ބާއްވަން ހަމަޖައްސާފައި ވި ނަމަވެސް، ގޫގުލް އިން ވަނީ އައިއޯ 2020 އެއްގޮތަކަށް ވެސް މި އަހަރު ނުވާއްވާ ގޮތަށް ނިންމައިފަ އެވެ.
މި އަހަރު މޭ މަހު، ކެލިފޯނިއާގައި ބާއްވާ ގޮތަށް އެޖެންޑާކުރި އައިއޯ 2020 ކޮންފަރެންސް، ނުބާއްވަން ގޫގުލް އިން ނިންމީ "ޑަބްލިޔުއެޗްއޯ" އަށް އެއްބާރުލުން ދީ ބޯލެނބުމުގެ ގޮތުންނެވެ. ކޮރޯނާވައިރަސް ފެތުރުނު ގޮތަށް ބަލާއިރު، ކޮވިޑް-19 ޖެހެން މެދުވެރިވަނީ، އެކަކުގެ ގައިން އަނެކަކު ގަޔަށް މި ވައިރަސް އެރުމުންނެވެ. އެހެންވެ، މީހުން އެއް ތަނަކަށް އެއްވާ ޒާތުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިރުޝާދު ދީފަ އެވެ.
ގޫގުލް އައިއޯ ސަމިޓްތަކަކީ، އެ ކުންފުނީގެ އުފެއްދުންތައް، އެންޑްރޮއިޑް، ކްރޯމް، ކްރޯމްއޯއެސް އަދި ޖީމެއިލް ފަދަ ވެބް އެޕްލިކޭޝަންތައް ތަރައްގީކޮށް ހިންގުމަށް މިންގަނޑު ކަނޑައަޅާ މަޝްވަރާ ބައްދަލުވުންތަކެކެވެ. މި ސަމިޓްތައް އެންމެ ބޮޑަށް މުހިންމު ވަނީ ޑިވެލޮޕަރުންނަށެވެ. ގޫގުލްގެ އުފެއްދުންތައް ބޭނުންކުރާ މީހުންނަށް ވެސް ލައްކަ ފައިދާކުރެވެ އެވެ.
ޖީމެއިލަށް އާ ލޯގޯއެއް
ޕްރައިވެޓް ބްރައުޒިން އަކީ ފޭކެއް ކަމަށް ބުނެ ދައުވާ
ޖާސޫސްކުރުމުގެ މަގްސަދެއް ނެތް: ގޫގުލް
ގޫގުލް އެސިސްޓެންޓް، އެންޑްރޮއިޑް ކްރޯމް އަށް
ގޫގުލް އިންބޮކްސް ހުއްޓާލަނީ
ގޫގުލް ޗިޕް ޑިޒައިންކުރަނާނެ މީހުން ހޯދަނީ
އީޔޫއާ ހެދި އެންޑްރޮއިޑަށް އަގުނަގަން ޖެހިދާނެ
ޔޫރަޕިއަން ޔޫނިއަނުން ގޫގުލް އަށް އިންޒާރުދީފި
ސެމްސަންގް އިންޓަނެޓް ބްރައުޒާ ބާރުގަދަކުރަނީ
ގޫގުލްގެ "ލޮކްޑް ފޯލްޑާ" ޕިކްސެލް ނޫން ފޯނުތަކަށް