Roadha Mihaaru
އޯޑަރު ދިނުމުން އެންޒީގެ އުފެއްދުންތައް ޑެލިވަރީކޮށްދެނީ

އޯޑަރު ދިނުމުން އެންޒީގެ އުފެއްދުންތައް ޑެލިވަރީކޮށްދެނީ

23 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ގޭގައި ތިބެން ހިތްވަރު ދިނުމުގެ ގޮތުން އެންޒީން ޑެލިވަރީ ކޮށްދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ގޭގައި ތިބެން ހިތްވަރު ދިނުމުގެ ގޮތުން އެންޒީން ޑެލިވަރީ ކޮށްދޭން ފަށައިފި އެވެ.

މަހާއި ޕޭސްޓްރީގެ އުފެއްދުންތަކަށް ހާއްސަ އެންޒީގެ އޮފިޝަލަކު ވިދާޅުވީ 200ރ އަށް ވުރެ މަތިން ކުރާ ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށެވެ.

އެންޒީން ގެންދަނީ ތާޒާ ރޯމަހުގެ އިތުރުން ހިކިމަހުގެ އެކި ބާވަތްތަކާއި ދަޅު މަހާއި ޕޭސްޓްރީގެ ބާވަތްތައް ވެސް ވިއްކަމުންނެވެ.

އެންޒީގެ ފިހާރަތަކަށް ނުގޮސް ވިޔަފާރިކުރަން ބޭނުން ނަމަ މާލޭގެ ކަސްޓަމަރުން ގުޅާނީ 7248899 އަށެވެ. ހުޅުމާލޭގެ ކަސްޓަމަރުން ހާއްސަކޮށްފައިވާ ނަންބަރަކީ 7258899 އެވެ.

އެންޒީގެ ޑެލިވަރީ ހިދުމަތަށް އޯޑަރު ނެގުން ކުރިއަށް ދާނީ، އޮފިޝަލް ވިދާޅުވި ގޮތުގައި، ހެނދުނު 08:30 އާއި ހަވީރު 04:00 އަށެވެ.

އޯޑަރު ދޭ އިރު ކަސްޓަމަރަކު ބޭނުންވާ ޕްރޮޑަކްޓާއި، އަދަދާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު ދޭން ޖެހެ އެވެ.

އެންޒީން ބުނީ މިގޮތަށް ޑެލިވަރީގެ ހިދުމަތް ދެނީ ގޭގައި ރައްކާތެރިކަމާ އެކު ތިބޭ އިރު ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން އެ ހިދުމަތް އެންމެ ފުރިހަމައަށް ބޭނުންކުރަން އެންޒީން އެދެ އެވެ.