Roadha Mihaaru
އެންޒީ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ލަކީޑްރޯ މާދަމާރޭ

އެންޒީ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ލަކީޑްރޯ މާދަމާ ރޭ

18 ފެބުރުއަރީ 2021

އެންޒީން މިދިޔަ އަހަރު ކުރިއަށްގެންދިޔަ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބާއްވާ ގްރޭންޑް ލަކީޑްރޯ މާދަމާ ރޭ ޓީވީއެމުން ދައްކާނެ ކަމަށް އެންޒީން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެންޒީން މިދިޔަ އަހަރު ކުރިއަށްގެންދިޔަ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބާއްވާ ގްރޭންޑް ލަކީޑްރޯ މާދަމާ ރޭ ޓީވީއެމުން ދައްކާނެ ކަމަށް އެންޒީން ބުނެފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޑިސެމްބަރާ ހަމައަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގައި ކޮންމެ މަހަކު ތިން ނަސީބުވެރިން ވަނީ ހޮވައިފަ އެވެ. އަދި ގްރޭންޑް ލަކީޑްރޯގައި މި ޕްރޮމޯޝަނުގައި ބައިވެރިވި ހުރިހާ ކަސްޓަމަރުންގެ ތެރެއިން ތިން ނަސީބުވެރިން ހޮވާނެ އެވެ.

މާދަމާ ރޭ 9:00 ގައި ބާއްވާ މި ލަކީޑްރޯގައި ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ހަ ނަސީބުވެރިން ވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ މަހަކު ހޮވާ ތިން ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ދާ މީހަކަށް 10،000ރ. ލިބޭއިރު ދެވަނައަށް ދާ މީހަކަށް 5،000ރ. އަދި ތިންވަނައަށް ދާ މީހަކަށް 1،000ރ. ލިބޭނެ އެވެ.

ގްރޭންޑް ލަކީޑްރޯގައި ހޮވޭ ތިން ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ދާ މީހަކަށް އެއް ލައްކަ ރުފިޔާގެ އިނާމު އެންޒީން ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން ދެވަނަ އިނާމަކަށް 50،000ރ. ހުށަހަޅައިފައި ވާއިރު ތިން ވަނަ އިނާމެއްގެ ގޮތުގައި 30،000ރ. ވަނީ ހުށަހަޅައިފަ އެވެ.