Roadha Mihaaru
ކޮވިޑް-19: ހަކުރާހުރާ އިން ޝައްކުވި މީހާ ނެގެޓިވް

ކޮވިޑް-19: ހަކުރާހުރާ އިން ޝައްކުވި މީހާ ނެގެޓިވް

23 މާޗް 2020

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނިގެން ސިނަމަން ހަކުރާހުރާ ރިސޯޓުން ޓެސްޓްކުރި މީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނިގެން ސިނަމަން ހަކުރާހުރާ ރިސޯޓުން ޓެސްޓްކުރި މީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ހަކުރާހުރާގެ އިތުރުން ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފިނޮޅުން ޝައްކު ކުރެވޭ މީހުންގެ ފަރާތުން ނެގި ސާމްޕަލްތައް ވެސް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެހެންވެ އެ ރަށްތައް މިހާރު ވަނީ މޮނިޓަރިން ހާލަތުން ދޫކޮށްލައިފަ އެވެ.

ހަކުރާހުރާ އިން ޝައްކުވި ބިދޭސީ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި އެއާޕޯޓުގެ ގިނަ މުވައްޒަފުންތަކެއް ވަނީ އައިސޮލޭޓްކޮށްފަ އެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ 17 މުވައްޒަފުންނާއި އެމްއޭސީއެލްގެ 41 މުވައްޒަފަކާއި އިމިގްރޭޝަންގެ އެކަކާއި ޓީއެމްއޭގެ ތިން މުވައްޒަފެއް ހިމެނޭ ކަމަށް ނެޝަނަލް އިމަޖެންސީ ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ކަރަންޓީންގައި ޖުމްލަ 496 މީހުން ތިބި އިރު، 62 މީހުން ވަނީ އައިސޮލޭޓްކޮށްފަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު ފަސް މީހުން ވަނީ މުޅިން ރަނގަޅުވެފަ އެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެތިން ހަފްތާއަކީ މިބަލި އެންމެ ޕީކްވާނެ ދުވަސްތައް ކަމަށް ބެލެވޭތީ އެންމެންވެސް ފަރުވާ ކުޑަ ނުކުރުމަށް ސަރުކާރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.