Roadha Mihaaru
އިންޓަނެޓް އަގުހެޔޮ ނުކުރާ މައްސަލަ މަޖިލީހަށް

އިންޓަނެޓް އަގުހެޔޮ ނުކުރާތީ ޓެލެކޮމް އޮތޯރިޓީގެ ވެރިން މަޖިލީހަށް ހާޒިރުކުރަނީ

25 މާޗް 2020

ކޮވިޑް-19 ފެތުރޭތީ ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހިފައި ވާއިރު އިންޓަނެޓާއި މުވާސަލާތީ އެހެން ހިދުމަތްތައް ދޭ ކުންފުނިތަކުން ލުޔެއް ނުދޭ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިރޭ އެދިވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހިފައި ވާއިރު އިންޓަނެޓާއި މުވާސަލާތީ އެހެން ހިދުމަތްތައް ދޭ ކުންފުނިތަކުން ލުޔެއް ނުދޭ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިރޭ އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއީލް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފަައި ވަނީ ޓެލެކޮމް އޮތޯރިޓީގެ އިސް ވެރިން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. އެ ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ޓެލެކޮމް އޮތޯރިޓީގެ ވެރިން ހާޒިރުކުރަން އެދިވަޑައިގެންނެވީ އެ އޮތޯރިޓީ އަކީ ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަކަށް ވީ އިރު، އެ ހިދުމަތްތަކުން ލުޔެއް ހޯދައިދޭން މި ހާލަތުގައި ވެސް މަސައްކަތް ނުކުރާތީ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޓަކައި ރައްޔިތުން ގެއިން ބޭރުގައި އުޅުން މަދުކުުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުންް ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ކާބޯތަކެތީގެ ހިދުމަތް އާއްމުކޮށް ދިނުން ވެސް ވަނީ ހުއްޓުވައިފަ އެވެ. އެ ފިޔަވަޅުތަކާ އެކު ގޭގައި ތިބެގެން ވާޗުއަލްކޮށް މަސައްކަތް ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން، ސްކޫލްތައް ބަންދުކޮށް، ކިޔަވައިދިނުން ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް ވާޗުއަލްކޮށް ކުރިއަށް ގެންދަން މިއަދު ވަނީ ނިންމައިފަ އެވެ.

މީކާއިލް ވިދާޅުވީ ހާލަތު މިހެން އޮތުމުން އިންޓަނެޓާއި މުވާސަލާތީ އެހެން ހިދުމަތްތައްް ޒަރޫރީ ބޭނުމަކަށް ވެފައިވާ ކަމަށެވެެ.

"... ނަމަވެސް މި ހައްސާސް ދަނޑިވަޅުގައި ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައި ނުވާކަން ފާހަގަކުރަމެވެ،" ސިޓީގައި މީކާއީލް ވިދާޅުވި އެވެ.