Roadha Mihaaru
ހައްދެއް ނެތި މަޖިލީހަށް ސަލާން ނުބުނެވޭ އިސްލާހެއް

ހައްދެއް ނެތި ސަލާން ނުބުނެވޭ އިސްލާހެއް، ބައެއް މެމްބަރުން ރަތަށް!

07 މާޗް 2021

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ވަޑައިނުގެން، އެއްވެސް ހައްދެއް ނެތި ސަލާމުގައި ނުތިއްބެވޭ ގޮތަށް ރައްްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ވަޑައިނުގެން، އެއްވެސް ހައްދެއް ނެތި ސަލާމުގައި ނުތިއްބެވޭ ގޮތަށް ރައްްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ގަވައިދަށް މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވާގޮތަށް ގަވައިދު ބަދަލުކޮށްފި ނަމަ މެޑިކަލްް ސެޓްފިކެޓް ހުށަނާޅުއްްވައި، ސަލާމުގައި ތިއްބެވޭނީ އަހަރަކު 15 ދުވަހު އެވެ. އެއަށް ވުރެ އިތުރުވާ ނަމަ މެޑިކަލް ސެޓްފިކެޓް ގެންދަވަން ޖެހިވަޑައިގަންނަވާއިރު އެގޮތަށް ވެސް ނެންގެވޭނީ އަހަރަކު 15 ދުވަހެވެ. އެގޮތުން މެމްބަރުންނަށް ސަލާމް ވިދާޅުވެގެން ތިއްބެވޭނީ އަހަރަކު ޖުމްލަ 30 ދުވަހު އެވެ.

އެމްސީ ހުށަހަޅުއްވަަން ޖެހިވަޑައިގަންނަވާ ގޮތަށް ގަވައިދު އިސްލާހުކުރިޔަސް ހާއްސަ ހާލަތްތަކުގައި މެމްބަރުންނަށް ލުއި ލިބިވަޑައިގަންނަވާނެ އިސްތިސްނާއެއް ވެސް އެ އިސްލާހުގައި އެބަ އޮތެވެ. އެއީ ބޮޑު ބައްޔަކަށް ފަރުވާ ކުރައްވަން ޖެހިވަޑައިގެންނެވުން ނުވަތަަ އެކްސިޑެންޓެއްގެ ސަބަބުން އަނިޔާވުމެވެ.

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި މީކާއީލް ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރުންނަށް ސަލާމް ބުނެވޭ ދުވަސްތަކުގެ އަދަދު ކަނޑައަޅަން އޭނާ ހުށަހެޅުއްވި

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި މީކާއީލް ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރުންނަށް ސަލާމް ބުނެވޭ ދުވަސްތަކުގެ އަދަދު ކަނޑައަޅަން އޭނާ ހުށަހެޅުއްވި

އެނގިފައިވާ ގޮތުގައި އަހަރަކު 30 ދުވަހަށް ވުރެ އިތުރަށް ސަލާން ނުބުނެވޭ ގޮތަށް ގަވައިދު ބަދަލުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވަރަށް ދެކޮޅެެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ވަޓްސްއެޕްް ގްރޫޕްގައި ބައެއް މެމްބަރުން ވަނީ އިސްލާހު ހުށަހަޅުއްވާތީ މީކާއިލް އަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެ އިސްލާހާ ދެކޮޅު ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި މެމްބަރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ވާތީ ސިވިލް ސާވިސްގެ އޮނިގަނޑާ އެއްވަރަށް "ނިކަމެތިވުމަކީ" ހައިރާކީ އަށް އަރައިގަތުމެވެ. އެހެން މެމްބަރަކު ވިދާޅުވީ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް އުޅުއްވަނީ މެމްބަރުންނަށް ވުރެ ކުރީގައި ކަމަށެވެ.

"ވަޒީރުުންނަށް ދިދަޖެހި ކާރުގައި ބޭނުން ގަޑިއަކު އުޅެވޭ. އެމްޕީން ވީމާ ބަންދުގައި،" އެެހެން މެމްބަރަކު ވިދާޅުވި ކަމަށް، "މިހާރު" އަށް މައުލޫމާތު ދެއްވި މެމްބަރަކު ވިދާޅުވި އެވެ.

އެހެން މެމްބަރަކު އެ އިސްލާހު ސިފަކުރެއްވީ އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރު ދެކެ ރުޅި އައިސްގެން، މެމްބަރުންނަށް ދަތިކުރަން ހުށަހެޅުއްވި އެއްޗެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ވަޑައިނުގެން ގިނަ ދުވަސްތަކެއް ވަންދެން ތިއްބަވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު ދާދިފަހުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖަލްސާތަކަށް ވަޑައިނުގެން ތިއްބަވާ ނަމަ މުސާރައިން ކެނޑޭ ގޮތަށް ގަވައިދު އިސްލާހުކުރަން ވެސް އެމަނިކުފާނު ކުރިން ވާހަކަ ދެއްކެވި އެވެ.