މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ މައްސަލާގައި ރާއްޖެއިން ކުރާ މަސައްކަތުގައި ގެމްބިއާގެ މަޝްވަރާ ހޯދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
25 މާޗް 2020
މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ މައްސަލާގައި ރާއްޖެއިން ކުރާ މަސައްކަތުގައި ގެމްބިއާގެ މަޝްވަރާ ހޯދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިއަންމާގެ ސިފައިން ހިންގަމުންދާ ލާ އިންސާނީ އަމަލުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެމްބިއާ އިން ހުށަހެޅި މައްސަލާގެ ތެރެއަށް ރާއްޖެއިން ވަނުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެކަމާ ބެހޭގޮތުން ގެމްބިއާގެ ފޮރިން މިނިސްޓަރު ޑރ. މަޑަޑޫ ޓަންގާރާ އަށް ޝާހިދު އިއްޔެ ފޯނުން ގުޅުއްވައި، ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި އެ މައްސަލައަކީ މުހިންމު މައްސަލައެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށާއި އެކަމުގައި ގެމްބިއާއާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ޝާހިދު ވިދާޅުވި ކަމަށެވެ. އަދި އެ މައްސަލާގައި ރާއްޖެއިން ކުރާ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ ގެމްބިއާގެ ލަފައާ އެކު ކަމަށް ވެސް ޝާހިދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލާގައި ގެމްބިއާ އިން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވައި، އެކަމަށް ޝާހިދު ހިތްވަރު ދެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ރޮހިންޖާ މައްސަލައަކީ ރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ މައްސަލައެއް ކަމަށް ޝާހިދު ވިދާޅުވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ގެމްބިއާ އިން ހުށަހެޅި މައްސަލާގައި އައިސީޖޭއިން މިހާރު ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޮޅަށް ހިންގާ އަމަލުތައް ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅަން މިއަންމާގެ މައްޗަށް އަމުރުކޮށްފަ އެވެ. އަދި އެ މައްސަލަ އެއްކޮށް ނިމެންދެން ކޮންމެ ހަ މަހަކުން އެފަދަ ރިޕޯޓެއް ހުށަހަޅަން ވެސް ވަނީ އަމުރުކޮށްފަ އެވެ.
ރޮހިންޖާ މުސްލިމުންގެ ޝުކުރު ރާއްޖެ އަށް
ރޮހިންޔާ މުސްލިމުންގެ ހައްގުގައި އުއްމަތް ތެދުވާންޖެެހޭ
މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ
ތާރީހީ ކާމިޔާބުގެ ވަގުތުކޮޅު: ޝާހިދު މިރޭ ރިޔާސަތުގައި
އަފްޣާނިސްތާނުގެ މީހުން ހައްގުގައި ތެދުވާންޖެހޭ: ޝާހިދު
ކޮވިޝީލްޑްގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ
"މިއަންމާގެ ބަޣާވާތް ކުށްވެރިކުރަން، ސޫކީ ދޫކޮށްލާ"
ރާއްޖޭން ވަކާލާތުކުރާނީ މުސްލިމުންގެ ހައްގުގައި: ޝާހިދު
ކޮވިޑަކީ ގުޅުންތައް ކަނޑަމުންދާ ސުނާމީއެއް: ޝާހިދު
ހޫނުމިން މަަތިވިޔަަނުދޭން ފިޔަވަޅު އަޅަން ޖެހޭ: ޝާހިދު