Roadha Mihaaru
ޑޮލަރުގެ ތާށިކަމެއް ނާންނާނެ، އަގު ހިފެހެއްޓޭނެ:ރައީސް

ޑޮލަރުގެ ތާށިކަމެއް ންނާނެ، އަގު ހިފެހެއްޓޭނެ: ރައީސް

25 މާޗް 2020

ކޮރޯނާވައިރަސް ފެތުރޭތީ އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އަޔަސް ޑޮލަރުގެ ތާށިކަމެއް ކުރިމަތިނުވާނެ ކަމަށާއި އެކަމާ ގުޅުވައިގެން ތަކެތީގެ އަގު ބޮޑުވާކަށް ނުޖެހޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮރޯނާވައިރަސް ފެތުރޭތީ އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އަޔަސް ޑޮލަރުގެ ތާށިކަމެއް ކުރިމަތިނުވާނެ ކަމަށާއި އެކަމާ ގުޅުވައިގެން ތަކެތީގެ އަގު ބޮޑުވާކަށް ނުޖެހޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ރައީސް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ފުރަތަމަ ދުވަހު ޑޮލަރުގެ އަގު ކޮންމެވެސް ވަރަކަށް އުފުލުނު ކަމަށާއި އެހެންވެ، ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާ މަޝްވަރާ ކުރައްވައި، ބޭންކްތަކަށް އިތުރަށް ޑޮލަރު ދޫކުރަން އެމްއެމްއޭ އިން ނިންމި ކަމަށެވެ. ރާއްޖެ އަށް ދުވާލަކަށް ބޭނުންވާނެ ޑޮލަރުގެ މިންވަރު އެމްއެކްއޭ އަށް އެނގޭނެ ކަމަށާއި ރާއްޖޭގެ މާކެޓަށް ޑޮލަރު ބޭނުންވާ ވަރު މިހާރު މަދުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ބާޒާރަށް ޑޮލަަރު ބޭނުންވާ މިންވަރު މަދުވާނެ ސަބަބުތަކުގެ ގޮތުގައި ރައީސް ވިދާޅުވީ އިމްޕޯޓްކުރެވޭ މުދަލުގެ އަދަދު މަދުވުމާއި ދުނިޔޭގ ބާޒާރުގައި ތަކެތީގެ އަގު ދަށަށް ދިއުމެވެ.

"އެހެންވީމާ ކުރީގައި ދޫކުރާ ވަރަށް ޑޮލަރު ދޫކުރިޔަސް ޑޮލަރުގެ އަގު މައްޗަށް ގޮސްގެން ނުވާނެ މިހާރު. މިހާރު އިތުރަށްް ދޫކުރީމާ އެ އަގުގައި ހިފެހެއްޓެން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ގޮތަށް ތަކެތީގެ އަގުބޮޑުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށާއި ޑޮލަރުގެ އަގު މައްޗަށް ދިޔަ ނުދީ ހިފަހައްޓަން ސަރުކާރުން މަަަސައްކަތް ކުރަމުން ދާނެ ކަަމަށެވެ.

ރާއްޖެ އަށް މުދާ އިމްޕޯޓްކުރަން ބޭނުންވާ ޑޮލަރު ނުލިބިގެން ދަތިކަަމަކާ ކުރިމަތިވާނެ ހާލަތެއް ނާންނާނެ އެެހެން ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ އިންޑިއާ އާއި ރާއްޖެއާ ދެެމެދު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕް އެވެ. ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ 400 މިލިޔަން ޑޮލަރު ވެސް އަދި ބޭނުންނުކޮށް އެބަހުރި ކަމަށެވެ. އޭގެ އިތުރުން ދުނިޔޭގެ މާލީ އިދާރާތަކުން ޑޮލަރު ހޯދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ އެހެން ގައުުމުތަކާއި ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. ރައީސް މީގެ ކުރިިން ގައުމާ މުހާތަބު ކުރެއްވި އިރު ވިދާޅުވީ ޓޫރިޒަމަށް އަންނަ ހީނަރުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީން މި އަހަރު 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދެއް މަދުވާނެ ކަމަށެވެ.