އިނގިރޭސި ވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު އަނެއްކާވެސް ކޮރޯނާވައިރަހަށް މިއަދު ޕޮޓިވްވެއްޖެ އެވެ.
އިނގިރޭސި ވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު އަނެއްކާވެސް ކޮރޯނާވައިރަހަށް މިއަދު ޕޮޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެން ކުރި ޓްވީޓެއްގައި ބުނީ، އިނގިރޭސި ވިލާތުން އައުމުން ކަރަންޓީން ފެސިލިޓީ އއ. ވެލިދޫގައި ބަހައްޓާފައިވާ ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެ އިން ހަތަރު ދިވެއްސަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ އެންމެންނަކީ ވެސް ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރޭ އިނގިރޭސި ވިލާތުން އައި މީހުންނެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު އެންމެ ފުރަތަމަ ފެނުނު ކަމަށް އެޗްޕީއޭ އިން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހާއި އިއްޔެ އަދި މިއަދު ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ ތިން ދިވެއްސަކު ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
Samples taken from a Maldivian national who returned from UK and placed in isolation at Velidhoo Isolation Facility has tested POSITIVE for #COVID19.
— Health Protection Agency (@HPA_MV) April 1, 2020
It is the fourth Maldivian to test positive for the disease.
މާޗު މަހުގެ 14-19 އާ ދެމެދު އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެން ކޮވިޑް-19 އަށް ޓެސްޓްކޮށް، އެ މީހުންނާ ބައްދަލުވީ ކޮން ބައެެއްތޯ ބެލުމުގެ މަސައްކަތް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ވަނީ ފަށައިފަ އެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅެއްގެ ގޮތުން، އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ދިވެހިން ކަރަންޓީނުކުރަން ފެށީ މާޗް 19 ގަ އެވެ.
އިނގިރޭސި ވިލާތުން މިހާތަނަށް ވަނީ 25،150 މީހުން ޕޮޒިޓިވްވެ 1،789 މީހުން މަރުވެފަ އެވެ.
މިދިޔަ މާޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެ އިން މިހާތަނަށް ވަނީ 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 ޓޫރިސްޓަކު/ބިދޭސީން ވަނީ ރަނގަޅުވެފަ އެވެ. އެ 13 މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ އެހެން ބިދޭސީ މުވައްޒަފެއް އަދި 11 ޓޫރިސްޓުންނެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން އިޓަލީގެ ދެ ޓޫރިސްޓެއްގެ ނަތީޖާ ލިބުނީ އެ ދެ މީހުން މިދިޔަ ހުކުރު ދުވަހު މެންދުރު ފުރި ފަހުންނެވެ. އައިލެންޑް ސަފާރީ 1 ގައި ތިބި އެ ދެ ޓޫރިސްޓުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނުނަސް އެ ދެ މީހުން ޓެސްޓް ކުރީ އެޗްޕީއޭ އިން ކުރާ ދިރާސާ އަކަށެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި އެ ދެ ޓޫރިސްޓުން ކަރަންޓީންގެ މުއްދަތުގައި ތިބި 14 ދުވަހުގައި ވެސް ބަލީގެ އަލާމާތެއް ނުފެންނާތީ ކުރިން ޓެސްޓެއް ނުހަދަ އެވެ.
ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ޓޫރިސްޓުންނަކީ އައިލެންޑް ސަފާރީ-1 ން ކުރިން އެ ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނާ "ކްލޯޒްޑް ކޮންޓެކްޓް" އެއް އޮތް ދެ މީހެކެވެ.
އާ ވޭރިއަންޓުތޯ ބަލަން ބައެއް ސާމްޕަލްތައް ބޭރަށް
ޕާޓީއަށް ނުދާ، ޔޫކޭން އައި މީހަކު ކްލަސްޓާގައި ހިމެނޭ
ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ
ޔޫކޭއިން އައި ދިވެއްސަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ
ކަރަންޓީންގައި ހުރި އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ
ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ
ޔޫކޭގައި ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
ޔޫކޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ