މިދިޔަ އަހަަރު ރިލީޒްކުރި އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކްއެލްއެއް ވެސް ހަދާނެ ކަމަށް އެ ފިލްމުގެ އެއް ބަތަލާ ރަކުލް ޕްރީތު ސިންގް ބުނެފި އެވެ.
09 އެޕްރީލް 2020
މިދިޔަ އަހަަރު ރިލީޒްކުރި އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކްއެލްއެއް ވެސް ހަދާނެ ކަމަށް އެ ފިލްމުގެ އެއް ބަތަލާ ރަކުލް ޕްރީތު ސިންގް ބުނެފި އެވެ.
ޕިންކްވިލާ އިން ކުރިއަށް ގެންދިޔަ އިންސްޓަގްރާމް އިންޓަވިއުއެއްގައި، 29 އަހަރުގެ ބަތަލާ ބުނީ އެ ފިލްމުގެ ނިމުން ގެނެސްދީފައި ވަނީ ވާހަކަ އިތުރަށް ކުރިއަށް ގެންދަން ވިސްނުން ބަހައްޓައިގެން ކަމަށެވެ. އެހެންވެ "ދޭ ދޭ ޕިޔާރު ދޭ" ގެ ދެވަނަ ބައެއް ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.
"އެކަމަކު އަހަންނަށް ހީވަނީ އެ ވާހަކަ ރަސްމީކޮށް ދައްކަން އެންމެ ރަނގަޅީ ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުހެން،" ހިންދީ ފިލްމުގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތައް ވެސް ކުޅޭ ބަތަލާ ބުންޏެވެ. "އަހަރެން ވެސް މިހާރު އެތައް ފަހަރަކު އެ މީހުން ކައިރީ އަހައިފިން ކޮން އިރަކުންތޯ ދެވަނަ ބައި ހަދާނީ."
އާކިވް އަލީ ޑައިރެކްޓްކުރި "ދޭ ދޭ ޕިޔާރު ދޭ" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ލަވް ރަންޖަންގެ ލަވް ފިލްމްސް އިން ގެނެސްދިން ފިލްމެވެ. މި ރޮމޭންޓިކް ކޮމެޑީގައި ކިޔައިދެނީ 50 އަހަރުގެ ފިރިހެނަކު އޭނާގެ ދަރިންގެ އުމުރުގެ ޒުވާން އަންހެން ކުއްޖަކާ ހިތާވުމުން ދިމާވާ ހެއްވާ މަޖާ ކަންތައްތަކެވެ. އަޖޭ އާއި ރަކުލްގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލެއް ތައްބޫ ވެސް ކުޅެފައިވެ އެވެ.
ޖުމްލަ 77 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ދޭ ދޭ ޕިޔާރު ދޭ" އަށް ބޮކްސް އޮފީހުގައި 143 ކްރޯޑް ރުޕީސް (19 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ. މި ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން މީގެ ތެލެގޫ ރިމެކެއް ހަދަން ވަނީ ރައިޓްސް ވެސް ވިއްކާލައިފަ އެވެ.
"ދޭ ދޭ ޕިޔާރު ދޭ" އަށް ފަހު ރަކުލްގެ އަތުގައި މިހާރު ވެސް އަޖޭއާ އެކު ކުޅެން ލިބުނު ފިލްމެއް އެބައޮތެވެ. އެއީ ސިދާތު މަލްއުތުރާ ވެސް މުހިއްމު ރޯލެއް ކުޅޭ، ޑައިރެކްޓަރު އިންދަރު ކުމާރުގެ "ތޭންކް ގޯޑް" އެވެ.
"ދަޅަކް 2" އާއި "ސަން އޮފް ސަރްދާރު 2" ވާދަވެރި
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
އާލިއާ އާއި އަޖޭ ޖެނުއަރީގައި ކުރިމަތިލުމަކަށް
"އާރްއާރްއާރް" ގެ ތާރީހާ ހެދި ބޯނީ ރުޅިގަދަވެއްޖެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ"އަށް 100 ކްރޯޑް
ހަރްޝްގެ އާ ފިލްމަށް ވެސް ތަރުހީބު ރަނގަޅު