ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނު ރ. ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީ މީހާއާ ކޮންޓެކްޓްވި ކަމަށް ބެލެވޭ 33 މީހަކު މިހާތަނަށް އައިސޮލޭޓްކޮށްފައިވާ ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.
08 އެޕްރީލް 2020
ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނު ރ. ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީ މީހާއާ ކޮންޓެކްޓްވި ކަމަށް ބެލެވޭ 33 މީހަކު މިހާތަނަށް އައިސޮލޭޓްކޮށްފައިވާ ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.
ޖޯލި މޯލްޑިވްސްގެ އިތުރުން ތުރުކީ އަށް ނިސްބަތްވާ އެ މީހާ ދަތުރުކުރި ކަމަށްބެލެވޭ ރ. ބޮޑުފުށި ވެސް މިހާރު ވަނީ މޮނިޓާރިން ހާލަތަށް ގެނެސްފަ އެވެ. މި ދެ ރަށަށް ވެސް ދަތުރުކުރި މީހާ ރާއްޖެ އިން ފުރީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާ ޕޮޒިޓިވްވިކަން ރާއްޖެ އަށް އެންގީ ހޯމަ ދުވަހު އެވެ.
ތުރުކީގެ ކުންފުންޏަކުން ހިންގާ މި ދެ ރަށުގެ ތެރެއިން ބޮޑުފުއްޓަކީ އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމަށް ވެ އެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާއާ ބައްދަލުވި މީހުންގެ ތެރޭގައި ރިސޯޓްގެ މުވައްޒަފުންނާއި އެ މީހާ އެއާޕޯޓަށް ގެންދިޔަ ކްރޫންނާއި އެއާޕޯޓްގެ ގްރައުންޓް ސްޓާފުންނާއި ފްލައިޓް ކްރޫން ހިމެނޭ ކަމަށެވެ.
މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް (ކ) ވާހަކަ ދައްކަވާއިރު ޑރ. މުރާދު އަޑުއައްސަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"މިހާތަނަށް ވަނީ 33 މީހަކު އައިސޮލޭޓް ކުރެވި 21 މީހެއްގެ ސާމްޕަލް ނަގާފައި،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ރިސޯޓުގައި ވަޒީފާއަދާކުރަން އުޅުނު އެ މީހާއާ ކްލޯޒް ކޮންޓެކްޓްވި މީހުން ހޯދާ ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އެއީ މުޅިން ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް، ބަލީގެ އަލާމާތް ފެނިގެން ކުރި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންނެވެ. ބާކީ ދެ މީހުންނަކީ އެނބުރި ގައުމަށް ފަހުން، ރާއްޖެ އިން ކުރި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ޓޫރިސްޓުންނެވެ. އެއީ އިޓަލީގެ ދެ މީހުންނެވެ.
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ
ޕޮޒިޓިވްވީ ޖޯލިމޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް
ހަތަރު ރިސޯޓަކާއި 15 ސަފާރީއަކުން ފޭބުމުގެ ހުއްދަދީފި
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
ބޮޑެތި ފަރުވާ ބޭނުންވާ 37 މީހަކު މާދަމާ ފުރާނެ
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
މާމެންދޫ، ގެމަނަފުށި މޮނިޓަރިންއަށް ލާން ގޮތް ނިންމަނީ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"