Roadha Mihaaru
މާދަމާ އާއި ހޯމަ ދުވަހު ބޭންކްތައް ހުޅުވާނެ

މާދަމާ އާއި ހޯމަ ދުވަހު ބޭންކްތައް ހުޅުވާނެ

18 އެޕްރީލް 2020

މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ މި މަހުގެ ނިޔަލަށް ލޮކްޑައުންގައި އޮތަސް މާދަމާ އާއި ހޯމަ ދުވަހު ބޭންކްތައް ހުޅުވާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ މި މަހުގެ ނިޔަލަށް ލޮކްޑައުންގައި އޮތަސް މާދަމާ އާއި ހޯމަ ދުވަހު ބޭންކްތައް ހުޅުވާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 މާލެ އިން ފެނުމާ އެކު މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. މި ހާލަތުގައި، މި ފެށޭ ހަފުތާގެ ދެ ދުވަހު ބޭންކްތައް ހުޅުވިޔަސް ދޭނީ އެންމެ ޒަރޫރީ ހިދުމަތްތައް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އާދިއްތަ އާއި ހޯމަ ދުވަހު އެމްއެމްއޭ އާއި ބޭންކްތައް ހުޅުވާނީ ހެނދުނު 9:30 ން މެންދުރު 12:30 އަށެވެ. ބޭންކުން ދޭ މުހިއްމު ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ޓީޓީ ރިކުއެސްޓްތަކާއި ޕޭ ރޯލް ރިކުއެސްޓްތަކާއި އާރްޓީޖީއެސް ޓްރާންސްފާގެ ހިދުމަތްތަކުގެ އިތުރުން މަނީ ޓްރާންސްފާގެ ހިދުމަތްތަކެވެ.

އޮންލައިންކޮށް ލިބޭ ހިދުމަތްތައް ހޯދަން ބޭންކްތަކަށް ދިނުމުގެ ބަދަލުގައި އޮންލައިންކޮށް އެ ޚިދުމަތްތަް ހޯދުމަށް އެދެ އެވެ.

މިިދިޔަ ހަތަރު ހަފުތާގައި ސަރުކާރުގެ އޮފީސްތައް ހުރީ ބަންދުކޮށްފަ އެވެ. އެ ހަފުތާތަކުގައި ވެސް ބޭންކްތަކުގެ ހިދުމަތްތައް ދޭ ދުވަސްތައް ވެސް އެމްއެމްއޭ އިން ހާމަކޮށްފައިވެ އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ އިން ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ 14 މީހަކު ފެނިފަ އެވެ. އޭގެ ތެރެއިން އެކަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހެކެވެ.