Roadha Mihaaru
މިވަރުން ޔަގީންކޮށް، އިސްކުރު ފެން ބޯން ފަށާ!

މިވަރުން ޔަގީންކޮށް، އިސްކުރު ފެން ބޯން ފަށާ!

19 އެޕްރީލް 2020

ފެން އުފައްދާ މައި ކުންފުނި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހް، އިސްކުރުން ތައްޓަށް ފެންފޮދެއް އަޅުއްވައި ޖެހިލުމެއް ނެތި އެ ހިއްޕެވި އެވެ. ޝާހް ޔަގީންކަން ދެއްވަން ބޭނުންވީ އޭނާ ހަވާލުވެވަޑައިގެން ހުންނެވި ކުންފުނިން އުފައްދައި ފޯރުކޮށްދެމުން އަންނަ ސަޕްލައި ފެނަކީ ބޯން ރައްކާތެރި އެއްޗެއް ކަމެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފެން އުފައްދާ މައި ކުންފުނި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހް، އިސްކުރުން ތައްޓަށް ފެންފޮދެއް އަޅުއްވައި ޖެހިލުމެއް ނެތި އެ ހިއްޕެވި އެވެ. ޝާހް ޔަގީންކަން ދެއްވަން ބޭނުންވީ އޭނާ ހަވާލުވެވަޑައިގެން ހުންނެވި ކުންފުނިން އުފައްދައި ފޯރުކޮށްދެމުން އަންނަ ސަޕްލައި ފެނަކީ ބޯން ރައްކާތެރި އެއްޗެއް ކަމެވެ.

"އިސްކުރު ފެނަކީ ބުއިމަށް ވަރަށް ރައްކާތެރި އެއްޗެއް. ކީއްކުރަންތޯ ފެން ކޭސްތައް ޑެލިވަރީ ކުރަންދެން ބިރުން ތިބެންވީ؟" އިސްކުރު ފެނުގެ ރައްކާތެރިކަން އާންމުންނަށް ވިސްނައިދެއްވަން ކުރެއްވި ޓްވީޓްގައި ޝާހް ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހްގެ ޓްވީޓް

"ކިތައްމެ ތަނަކުން އަޅުގަނޑު ގެންދަނީ އެމްޑަބްލިޔުއެސްސީގެ އިސްކުރު ފެން ބޮމުންނެވެ."

މާލެ ތެރޭގައިކޮވިޑް-19 ފެތުރެން ފެށުމާ އެކު މިދިއަ ބުދަދުވަހު މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރުމާ އެކު ވަރަށް ގިނަ ބަޔަކަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މިނަރަލް ވޯޓާ ނުލިބުމެވެ. ރާއްޖޭގައި ފުޅީގައި ފެން ބަންދުކުރާ އެއްވެސް ކުންފުންޏަކަށް، މިހާރު މި އޮތް ޑިމާންޑްގައި ޑެލިވަރީކުރެވޭކަށް ވެސް ނޯންނާނެ އެވެ. އޭގެ ނަތީޖާއަކީ، އެމްޑަބްލިޔުއެސްސީގެ ވެސް ބޮޑު ހިއްސާއެއް އޮންނަ އައިލެންޑް ބެވަރޭޖުން އުފައްދާ "ތާޒާ" ފެން ޑެލިވަރީކުރުން ވަގުތީ ގޮތުން ހުއްޓާލަން ޖެހުމެވެ.

އެއާ އެކު ގިނަ ބަޔަކު މިވަނީ އިތުރު ހާސްކަމެއްގެ ތެރޭގަ އެވެ. އެކަމަށް ލުޔެއް ގެނެސް ދިނުމަށް ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކުން ދޭ އިރުޝާދަކީ އެމްޑަބްލިޔުއެސްސީން ދޫކުރާ އިސްކުރު ފެން މިވަގުތު ބޭނުން ކުރުމެވެ.

އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ އޭނާ ވެސް އިސްކުރު ފެން ބޭނުންކައްވާ ކަމަށެވެ.

އިސްކުރު ފެން: ވަރަށް ރައްކާތެރި

މީގެ 25 އަހަރު ކުރިން، އެޕްރީލް 1، 1995 ގައި ސަރުކާރުން އުފެއްދި އެމްޑަބްލިޔުއެސްސީގެ މައިގަނޑު މަސައްކަތަކީ ބޯން ވެސް ރައްކާތެރި ފެންވަރަށް މާލޭގެ ގޭގެއަށް ފެން ފޯރުކޮށްދިނުމެވެ. އޭރުންސުރެ އެއީ ވަރަށް ރައްކާތެރިކަމާ އެކު، ވަރަށް ގިނަ ފިޔަވަޅުތައް އެޅިގެން ދެމުން އަންނަ ފެނެކެވެ. އަދި މާލެއަށް މިނަރަލް ވޯޓާ ތައާރަފުވުމުގެ ގިން ހުރިހާ އެންމެންހެން ކަހަލަ ގޮތަކަށް އެމްޑަބްލިޔުއެސްސީގެ އިސްކުރު ފެން ބޯން ބޭނުންކުރި އެވެ.

ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، އެމްޑަބްލިޔުއެސްސީގައި ބައިނަލްއަގުވާމީ ފެންވަރުގެ ލެބޯރަޓަރީއެއް ހިންގަ އެވެ. ކޮންމެ ދުވަހަކު އެކި އިރު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފަދަ ސަރަހައްދުތަކުން ފެން ނަގައިގެން ޓެސްޓްކުރެ އެވެ.

އެމްޑަބްލިޔުއެސްސީގެ ފެން ޕްލާންޓްތަކުން ފެން އުފައްދައި، ތާނގީތަކަށް އެޅެމުން ދާނީ ކްލޮރިން ކުރަމުން، ފެނުގައި ހުންނަން ޖެހޭ ބައިނަލްއަގުވާމީ މިންގަނޑު ހިފަހައްޓަމުންނެވެ. އެއީ އޮޓޮމެޓިކުން ކުރަމުން އަންނަ ކަމެއް ކަމަށް ވިޔަސް، ކޮންމެ ދުވަހަކު މެނުއަލްކޮށް ފެން ނަގައިގެން، އިތުރަށް ޓެސްޓްކުރުމުގެ ބައި ވެސް ކުރިއަށް ގެންދެ އެވެ.

އެމްޑަބްލިޔުއެސްސީގެ އިތުރުން އެންވަޔަރަންމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް އެ ފެނުގެ ޔަގީންކަން ހޯދަ އެވެ.

އިސްކުރު ފެން ރައްކާތެރި ކަމަށް ބުނެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއް

"އެމްޑަބްލިޔުއެސްސީން ގޭގެ ފެން މީޓަރާ ހަމައަށް ފޯރުކޮށްދޭ ސަޕްލައި ފެނަކީ [ދުނިޔޭގެ ސިއްހަތު ޖަމިއްޔާ] ޑަބްލިޔުއެޗްއޯ އަދި އީޕީއޭގެ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ، ބުއިމަށް ރައްކާތެރި ފެނެއް،" ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.

އެމްޑަބްލިޔުއެސްސީގެ އޮފިޝަލަކު ވިދާޅުވީ ސަޕްލައި ފެން ތައްޔާރުކޮށް ދޫކުރަނީ "ނުލާހިކު ރަނގަޅަށް ޗެކްކުރެވޭ ނިޒާމެއްގެ ތެރެއިން" ކަމަށެވެ.

Iskuru fen baraabaru: Nubonee keevve?

Iskuru fen baraabaru: Nubonee keevve?

The most trusted news source in the Maldives

Mihaaru

އިސްކުރު ފެނާ ބެހޭ ގޮތުން މީގެ ދެ އަހަރު ކުރިން "މިހާރު"ގައި ޖެހި ރިޕޯޓެއް

"އަޅުގަނޑުމެން ގަވާއިދުން ޑިސްޓްރިބިއުޝަން ޕޮއިންޓުން ޗެކްކުރާނެ، އަޅުގަނޑުމެން މި ދޫކުރާ ފެނުގައި މާއްދާތައް އެކުލެވެނީ ކިހާ ވަރަކަށްތޯ. އެއީ ސްޓޭންޑަޑަށް ފެތޭކަން ޔަގީންކުރަން. އޭގެ އިތުރުން މާލޭގެ އެކި ލޮކޭޝަންތަކުގައި ހުންނަ ސާމްޕަލް ނަގާ ޕޮއިންޓްތަކުން ސާމްޕަލްތައް ނަގައިގެން އެމްއެފްޑީއޭ އިން ގަވާއިދުން ޗެކްކުރާނެ،" އޭނާ ވިދާޅުވި އެވެ.

އިސްކުރު ފެން ރައްކާތެރި ކަމަށް ބުނެ އެންވަޔަރުމަންޓް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއް

ފިލްޓަރެއް ބޭނުން ނުކުރިޔަސް، އަދި ނުކައްކާ ވެސް އިސްކުރު ފެން ބޭނުންކުރަން ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެމްޑަބްލިޔުއެސްސީން ދެ އެވެ.

އިސްކުރު ފެނަކީ ރައްކާތެރި ފެނެއްތޯ ކުރެވޭ ބަހުސަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލްގެ ޖަވާބު ވެސް ފުދެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯން އިސްކުރު ފެން ބޭނުންކުރައްވާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެ އެވެ. އަދި އޭނާގެ މަންމަމެން އިސްކުރު ފެން ބޮމުން އަންނަތާ ހަ އަހަރު ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ފައިސަލްގެ ޓްވީޓް

ކޮވިޑް-19 ގެ ހާސްކަމުގެ ތެރެއިން ފެން ނުލިބިގެން ތެޅިފޮޅުން މި ކުއްލި ހާލަތުގައި ހުއްޓާލެވިދާނެ އެވެ. އެމްޑަބްލިޔުއެސްސީން ފެން ދޫކުރަނީ ރާއްޖޭގައި ރަސްމީ ގޮތުން ކަނޑައަޅާފައި އޮންނަ މިންގަނޑަށް ވުރެ ވެސް ރަނގަޅު ފެންވަރެއްގަ އެވެ.