Roadha Mihaaru
ޑެލިވަރީ މައްސަލަތައް ލަސްނުވެ ހައްލުވާނެ: ސަރުކާރު

ޑެލިވަރީ ނިޒާމަށް ދިމާވި މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: ސަރުކާރު

21 އެޕްރީލް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ލޮކްޑައުން ކުރި ފަހުން، ކާބޯތަކެއްޗާއި ޒަރޫރީ އެހެން ބާވަތްތައް ޑެލިވަރީ ކުރުން ލަސްވެ، ދަތިތަަކާ ކުރިމަތިވީ ކޯޑިނޭޓް ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި އެކަން ވަރަށް އަވަހަށް ހައްލުވާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ލޮކްޑައުން ކުރި ފަހުން، ކާބޯތަކެއްޗާއި ޒަރޫރީ އެހެން ބާވަތްތައް ޑެލިވަރީ ކުރުން ލަސްވެ، ދަތިތަަކާ ކުރިމަތިވީ ކޯޑިނޭޓް ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި އެކަން ވަރަށް އަވަހަށް ހައްލުވާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ޕްރެސް ބްރީފިން އަށް ފަހު ނޫސްވެެރިންނާ ވާހަކަ ދައްކަވަމުންް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޑެލިވަރީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީއާއި އެމްޕީއެލް ގުޅިގެން މާދަމާ މަސައްކަތް ފަށާނެ ކަމަށެވެ.

"ބޮޑަށް މައްސަލަ ކުރިމަތިވީ ވިޔަފާރި ބަނދަރުން މުދާ ނެރުން ލަސްވުމާ، މާލޭ ބަނދަރުގައި ހުރި ބޯޓްތައް ފުރުވައިލުން ލަސްވެގެން، އިކޮނޮމިކް މިނިސްޓްރީއާ އެމްޕީއެލް ގުޅިގެން އެ މައްސަލަ ހައްލުކުރަން އެބަ މަސަައްކަތް އެބަަ ކުރޭ،" އޭނާ ވިދާޅުވި އެވެ.

މާލެއަަށް ކޮވިޑް-19 ފެތުރިއްޖެ ހާލަތެއްގައި ލޮކްޑައުންކޮށްް. މީހުން ގެތަކުގައި ބައިތިއްބައިގެން ކާބޯތަކެއްޗާއި ޒަރޫރީ އެެހެން ބާވަތްތައް ޑެލިވަރީ ކުރާނެ އިންތިޒާމެއް ހަމަައްސާފައިވާ ކަމަށް އެންއީއޯސީން ކުރިން ބުންޏެވެ. އެކަމަކު މާލެ ލޮކްޑައުން ކުރުމުން ޑެލިވަރީ ގާތްގަނޑަކަށް ހުއްޓި، ސިފައިން ވެސް އެ މަސައްކަތަށް ނުކުންނަން ޖެހުނެވެ. އެކަމަށް ހައްލެއް ހޯދަން ފުލުހުން ފަހުން ވަނީ މާލޭގެ އެކި ސަރަހައްދުން އެކި ގަޑިތަކުގައި ޒަރޫރީ ބޭނުންތަކަށް މީހުން ނިކުންނާނެ އުސޫލެއް ކަނޑައަޅައިފަ އެވެ.

އާދީއްތަ ދުވަަހު ބޭއްވި ޕްރެސް ބްރީފިންގައި ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވެފައި ވަނީ މާލޭގައި ޑެލިވަރީކޮށްގެން ގޭގެެއަށް ހިދުމަތް ދެވޭނެ ކަމަށް ކުރިން ގަބޫލު ކުރެވުނު ނަމަވެސް އެގޮތަށް ކަންތައް ނުވި ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ބޮޑެތި ފިހާރަތަކާ ފުލުހުން ވާހަކަ ދެއްކި ކަމަށާއި ބައެއް ފިހާރަތަކުން 4،000 އަށް ވުރެ ގިނަ އޯޑަރު ޑެލިވަރީ ނުކުރެވި ހުރި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރި ކުރަން ނުކުމެ އުޅުނު ބައެއް މީހުންނާ ވެސް ފުލުހުން ވާހަކަ ދެއްކިއިރު، ފިހާރަތަކާ ގުޅޭނެ ގޮތެއް ވެސް އެ މީހުންނަކަށް ނެތެވެ.

"އޭގެ ސަބަބުން ގޭގައި އެ ހުރި އެއްޗެއް ހުސްވެގެން މަގުމައްޗަށް ނުކުންނަން، ހަމަ އެބޭފުޅުންގެ އިބާރާތުން ނަމަ ހަމަ އެނޫން ގޮތެއް ނެތިގެން ނުކުންނެވި ވަރަށް ގިނަ ބޭފުޅުންނާ ދިމާވި. އެހެންވީމާ މި ދެންނެވިހެން ގިނަ އަދަދެއްގެ ބަޔަކަށް އެގެެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށް ނުދެވި އޮންނަ އޮތުން އޮތުމަށް ހައްލެއް ގެނައުމަށް މި ދެންނެވި މި އައި، އާ ބަދަލުތައް މި ގެނެވެނީ،" މަންނާނު ވިދާޅުވި އެވެ.