Roadha Mihaaru
އިތުރު ނުވަ މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: އިތުރު ނުވަ މީހަކު ޕޮޒިޓިވްވެއްޖެ

23 އެޕްރީލް 2020

މާލޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ އަކުރުގައި ހުންނަތާ ހަތަރުވަރަކަށް ދުވަސް ފަހުން، އިއްޔެ ކުއްލިއަކަށް އެންމެ ދެ ކޭސްއަށް ތިރިވެ، އަދި އެއްވެސް ނަތީޖާއެއް ހާމަނުކުރާތާ 24 ގަޑިއިރު ވެއްޖެ އެވެ. އަނެއް މިވަނީ ކިހިނެއް ހެއްޔެވެ؟

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ އަކުރުގައި ހުންނަތާ ހަތަރުވަރަކަށް ދުވަސް ފަހުން، އިއްޔެ ކުއްލިއަކަށް އެންމެ ދެ ކޭސްއަށް ތިރިވެ، އަދި އެއްވެސް ނަތީޖާއެއް ހާމަނުކުރާތާ 24 ގަޑިއިރު ވެއްޖެ އެވެ. އަނެއް މިވަނީ ކިހިނެއް ހެއްޔެވެ؟

އޭގެ ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އައީ މާލެ އާއި ރަށްރަށުން ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ސާމްޕަލްތައް ނަގައި އައިޖީއެމްއެޗުގެ ލެބޯޓްރީގައި ޓެސްޓްކޮށް ނަތީޖާ ލިބޭ މިންވަރަކުން އާއްމުކުރަމުންނެވެ. ދުވާލަކު ދެތިން ފަހަރު ވެސް ނަތީޖާ އާއްމުކުރި އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު މަތިވެ، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބައެއްގެ ސާމްޕަލް ނަގާފައި ވިޔަސް އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހާމަކުރީ އަންގާރަދުވަހުގެ ރޭ ދަންވަރެވެ. އެޗްޕީއޭ އިން ދަންވަރު 2:24 ގައި އާއްމުކުރި އެ ނަތީޖާގައި ވަނީ ދެ މީހަކު ޕޮޒިޓިވް ވި ކަމަށެވެ. އެއީ، ކޭސް 85 އާއި ކޭސް 86 އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާއްމުކޮށްފައި ވަނީ މި ކޭސްގެ މައުލޫމާތު.

އެ ދެ ކޭސް ޕޮޒިޓިވް ވުމުން، އެ ވަގުތާ ހަމައަށް މާލެ އިން ބަލި ޖެހުނު މީހުންގެ އަދަދަކީ، އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި، ޖުމްލަ 66 އެވެ. މިއާ މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 85 އެވެ. އޭގެ ތެރޭގައި ހިމެނެނީ 45 ބިދޭސީންނާއި 40 ދިވެހިންނެވެ.

މިހާރު ވެސް އައިޖީއެމްއެޗުގެ ލެބޯޓްރީގައި 383 ސާމްޕަލް ޓެސްޓްކުރަން އެބަ ހުރި ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

މުޅި ދުނިޔެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭގެ ބިސްބުރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން..---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެޗްޕީއޭ އިން އާއްމުކޮށްފައިވާ މައުލޫމާތު:

- ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު: 85 (މިއީ، 45 ބިދޭސީންނާއި 40 ދިވެހިން)

- ބަލި ޖެހިފައި މިވަގުތު ތިބި އަަދަދު: 68 (ބޭރުގައި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުން)

- ނަތީޖާ ސާބިތުނުކުރެވޭ އަދަދު: 2

- ބަލިން ރަނގަޅުވި އަދަދު: 2

- ކަރަންޓީނުގައި ތިބި އަދަދު: 184

- ޓެސްޓް ކުރި މީހުންގެ ޖުމްލަ އަދަދު: 4696

މިހާރު މިވެގެން އުޅޭ ގޮތެއް ނޭނގެ އެވެ. ޓެސްޓްތައް ނުހެދެނީ ކަމެއް، ނުވަތަ ޕޮޒިޓިވް ކޭސްއެއް ނުފެންނަނީ ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

ކޮވިޑަށް ޓެސްޓަށް ސާމްޕަލް ނަގާ ކިޓެއް.

ކޮވިޑަށް ޓެސްޓަށް ސާމްޕަލް ނަގާ ކިޓެއް.

އެޗްޕީއޭގެ ޓުވިޓާގައި ނަތީޖާ އާއްމުކުރުމުގެ އިތުރުން ސަރުކާރުން ކޮންމެ ދުވަހަކު ބާއްވާ ނިއުސް ބްރީފިންތަކުގައި ވެސް ބަލި ޖެހޭ މީހުންގެ އަަދަދާއި އެ މީހުންގެ ހާލަތު އަދި ޓެސްޓްތަކާ ގުޅޭ މައުލޫމާތު ދެ އެވެ. ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން، މުހައްމަދު މަބްރޫކް އަޒީޒް، ޑޮކްޓަރުންގެ ޓީމަކާ އެކު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ، އިއްޔެ މެންދުރު ފަހު އެވެ. ގަވާއިދުން ބާއްވާ އެ ޕްރެސް ކޮންފަރެންސް ރެ އަށް ވެސް ޝެޑިއުލްކުރި އެވެ.

އެކަމަކު އެ ޕްރެސް ކެންސަލްކުރީ، ބެލެވޭ ގޮތުގައި، ރޯދަ އަށް ހަނދު ސާބިތުކުރުމުގެ ޖަލްސާ އޮތުމުންނެވެ.

މިހާރު އޮތް ސުވާލަކީ އާ އެއްވެސް ކޭސްއެއް ނެތި މިހާ ގިނަ އިރުވުމަކީ އުފާވެރި ހަބަރެއް ހެއްޔެވެ؟ މި ސުވާލަށް އަދި ޖަވާބެއް ނުލިބެ އެވެ. ކަމާ ބެހޭ އިދާރާތަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ. އަލީ ލަތީފް (މ) އަދި މަބްރޫކް (ކ) އާއި ނަޒްލާ މުސްތަފާ (ވ) އާ އެކު މަބްރޫކް ނޫސްވެރިންގެ ބައްދަލުވުމެއްގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ. އަލީ ލަތީފް (މ) އަދި މަބްރޫކް (ކ) އާއި ނަޒްލާ މުސްތަފާ (ވ) އާ އެކު މަބްރޫކް ނޫސްވެރިންގެ ބައްދަލުވުމެއްގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ބައްޔަށް ރާއްޖޭގައި ޓެސްޓްކުރާ ގޮތާއި މެޝިންތަކުގެ އަދަދާއި ޓެސްޓްތަކުގެ ނަތީޖާ އަވަސްކުރަން ގެންގުޅޭ ވިސްނުން ވެސް ހިއްސާކުރައްވައިފަ އެވެ. ޓެސްޓް ކިޓްތައް ހުސްނުވާ ކަމުގެ ޔަގީންކަން ދެއްވައި ވިދާޅުވެފައި ވަނީ މިއަދު އިތުރު 5،000 ޓެސްޓް ކިޓް ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

އެއާ އެކު ސާމަޕްލް ނެގުމުގައި އަމަލުކުރާ އުސޫލަށް އެންމެ ފަހުން ގެނައި ބަދަލު ވެސް ކިޔައިދެއްވި އެވެ.

ބަލި ފެތުރެން ފެށުމާ އެކު އަމަލުކުރަމުން އައީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓެއް ނަމަ އެއީ ލޯ ރިސްކް ކޮންޓެކްޓަކަށް ވިޔަސް ސާމްޕަލް ނަގާ ގޮތަށެވެ. އެކަމަކު ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް މައްޗަށް ދިއުމާ އެކު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މިހާރު ނިންމީ ހައި ރިސްކް ކޮންޓެކްޓްސްގެ ތެރެއިން ވެސް އިސްކަންދޭނީ ސިމްޕްޓަމެޓިކް (އަލާމާތްތައް ފެންނަ) މީހުންގެ ސާމްޕަލްތައް ނަގާ ގޮތަށް ކަމަށެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހަކު ރާއްޖެ އިން ފެނުމުން ކޮންޓެކްޓް ޓްރޭސިން ހަދައި ފުރަތަމަ ގިނަވެގެން ޓެސްޓްކުރަން ޖެހުނީ ދުވާލަކު 40 ސާމްޕަލެވެ. އެ އަދަދު މަޑުމަޑުން އިތުރުވީ 80-100 އަށެވެ. މާލެ އަށް ފެތުރިއްޖެ ކަން، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެނގި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު މިހާރު ދުވާލަކަށް ގާތްގަނޑަކަށް 140 ވުރެން ގިނަ ސާމްޕަލް ޓެސްޓް ކުރަން ޖެހިފައި ވެސް އެބަ ހުއްޓެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރިދާނެ މިންވަރުގެ މައްޗަށް ކަމާބެހޭ އިދާރާތަކުން ލަފާކޮށް ހަދާފައިވާ ޕްރޮޖެކްޝަންސްގެ ގްރާފެއް: މި މައުލޫމާތުގައިވާ ގޮތުން އެކަށީގެންވާ ފިޔަވަޅު ނާޅައިފި ނަމަ ލައްކައަކަށް ވުރެން ގިނަ މީހުންނަށް ބަލި ޖެހިދާނެ.

ކޮވިޑް-19 އަށް ޚާއްސަ ޕީސީއާރު ޓެސްޓް ރާއްޖޭގައި ހެދެނީ ހަމައެކަނި އައިޖީއެމްއެޗުގެ ލެބޯރަޓީންނެވެ. އަދި އައިޖީއެމްއެޗުގެ ލެބޯޓްރީގައި ވެސް ކޮންމެ ޓެކްނީޝަނަކަށް އެ ޓެސްޓެއް ނުހެދެ އެވެ. އެ ޓެސްޓްތައް ހަދަން ވަކި ބަޔަކަށް ވަނީ ޚާއްސަ ތަމްރީންތަކެއް ދީފަ އެވެ.

އައިޖީއެމްއެޗުގެ ލެބޯޓްރީގައި ސާމްޕަލްތަކެއް ޓެސްޓްކުރަނީ.

އައިޖީއެމްއެޗުގެ ލެބޯޓްރީގައި ސާމްޕަލްތަކެއް ޓެސްޓްކުރަނީ.

ފުރަތަމަ ހަދަނީ ޕޭން ކޮރޯނާ އަށް ސްކްރީން ޓެސްޓެކެވެ. އޭގެ ސަބަބަކީ، އަލަށް ފެތިރެން މި އުޅޭ ކޮރޯނާވައިރަސްގެ އިތުރުން އެހެން ކޮރޯނާވައިރަސްތަކެއް ވެސް ކުރިން ފެތުރިފައިވާތީ އެވެ. މިހާރުގެ ކޮރޯނާވައިރަސް އިން ޖެހޭ ބަލި ކަމަށްވާ، ކޮވިޑަށް ޕޮޒިޓިވްތޯ ނުވަތަ ނޫންތޯ ބެލުމަށް ޕީސީއާރު ޓެސްޓްކުރަނީ، ޕޭން ކޮރޯނާއަށް ހަދާ ސްކްރީން ޕޮޒިޓިވް ވުމުން، އޭގެ ފަހުންނެވެ.

އައިޖީއެމްއެޗްގައި ކޮވިޑް-19 އަށް ހަދާ ޓެސްޓްގެ ނަތީޖާ ލިބެން ހަ ގަޑިއިރާއި ހަތް ގަޑި އިރާ ދެެމެދުގެ ވަގުތެއް ހޭދަވެ އެވެ. އަދި ކޮންފޮމޭޓަރީ ޓެސްޓްގެ ނަތީޖާ ގާތްގަނޑަކަށް ތިން ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ކުރިން އޮތީ ބުނެފަ އެވެ. މިހާރު ނަތީޖާ ލަސްވަނީ ޓެސްޓްކުރަން ޖެހޭ ސާމްޕަލްތަކުގެ އަދަދު ގިނަ ކަމުން ކަމަށާއި އެކަން ހައްލުކުރަން އިތުރު މެޝިނެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.