Roadha Mihaaru
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އޮގަސްޓުގައި؟

ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އޮގަސްޓުގައި؟

23 އެޕްރީލް 2020

މެޑްރިޑް (އޭޕްރިލް 23) – ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ ގައުމުތަކުގެ ޑޮމެސްޓިކް ފުޓްބޯޅަ ލީގުތައް ޖުލައި މަހުގެ ނިޔަލަށް ފުރިހަމަކޮށް، ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތައް އޮގަސްޓް މަހު ބޭއްވުމަށް ޔުއެފާ އާއި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލީގުތައް އެންމެ އަވަހަށް ފެށުނަސް ފެށޭނެ ކަމަށް ބެލެވެނީ އަންނަ މޭ މަހުގެ ފަހުކޮޅެވެ. އެހެންވެއްޖެ ޖުލައި ނިމެންވާއިރަށް ލީގުތައް ފުރިހަމަކުރެވޭނެ އެވެ.

ޑޮމެސްޓިކް ލީގުތައް އެންމެ ފުރަތަމަ ނިންމާލުމަށް ފަހު، ޔޫރަޕުގެ މުބާރަތްތައް ފަހުން ކުޅެން ވިސްނާ ސަބަބަކީ ބެލެވޭ ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުތައް ކުރުމުގެ ހުއްދަ ލިބޭނީ އޮގަސްޓް ހިސާބުގައި ކަމަށްވާތީވެ އެވެ. ދަތުރުފަތުރުގެ ލުއިތައް އެހާތަނަށް ލިބުނު ނަމަވެސް، ދަތުރުތައް މަދުކުރުމަށްޓަކައި، ހުރިހާ ޓީމެއް އެއް ސިޓީއަކަށް ގެންގޮސްގެން އެ މުބާރާތް ފުރިހަމަކުރުމުގެ ފުރުސަތު ބޮޑެވެ. ނުވަތަ ދެ ލެގުގެ ބަދަލުގައި ޕްލޭއޮފް އުސޫލުން ވެސް ކުޅެފާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔުއެފާ އިން ބޭނުންވަނީ ހުރިހާ އޮޕްޝަނެއް ވެސް މިވަގުތަށް ހުޅުވާލާފައި ބާއްވާށެވެ. އެއީ އަންނަ މަހު ލީގުތައް ފެށޭނެ ކަމުގެ ވެސް ސަތޭކަ ޕަސެންޓް ޔަގީންކަމެއް ނެތުމުންނެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލުގެ އިތުރުން ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ، ޗެލްސީ އާއި ބަޔާން މިއުނިކް، ލިޔޯން އާއި ޔުވެންޓަސް އަދި ނަޕޯލީ އާއި ބާސެލޯނާގެ ދެ ވަނަ ލެގުގެ މެޗުތައް ކުޅެން އެބައޮތެވެ. ޔުރޮޕާ ލީގަށް ބަލާއިރު ުއާޓާ ފައިނަލާއި ސެމީ ފައިނަލާއި ފައިނަލުގެ އިތުރުން ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގެ ދެ މެޗަކާއި ދެ ވަނަ ލެގުގެ ހުރިހާ މެޗެއް އަދި އެބައޮތެވެ.