Roadha Mihaaru
ކޮވިޑް-19: އެއްމާބަނޑު ދެބެން މަރުވީ ދާދި އެކުއެކީ

ކޮވިޑް-19: އެއްމާބަނޑު ދެބެން މަރުވީ ދާދި އެކުއެކީގައި

25 އެޕްރީލް 2020

ލަންޑަން (އެޕްރީލް 25) - އިނގިރޭސި ވިލާތުގެ އެއްމާބަނޑު ދެބެންނަށް ކޮވިޑް-19 ޖެހި ދާދި އެކުއެކީ ކަހަލަ ގޮތަކަށް މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (އެޕްރީލް 25) - އިނގިރޭސި ވިލާތުގެ އެއްމާބަނޑު ދެބެންނަށް ކޮވިޑް-19 ޖެހި ދާދި އެކުއެކީ ކަހަލަ ގޮތަކަށް މަރުވެއްޖެ އެވެ.

ސައުތަމްޓަން ޖެނެރަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ކެޓީ ޑޭވިސް މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާއާ އެއްމާބަނޑު، ކުރީގެ ނަރުހެއް ކަމަށްވާ އެއްމާ ޑޭވިސް ހަމަ އެ ހޮސްޕިޓަލްގައި މަރުވީ ހުކުރު ދުވަހު އެވެ.

"އެ މީހުން އަބަދުވެސް ބުނާނެ، ދެ މީހުން ދުނިޔެ އަށް އައީ އެކުކީގައި ކަމަށް. އަދި ދުނިޔެ އިން ދާނީ ވެސް އެކުއެކީގައި ކަމަށް،" އެ ދެބެންގެ ދައްތަ ޒޯޔާ ޑޭވިސް ބުންޏެވެ.

އިނގިރޭސި ވިލާތުގެ އެއްމާބަނޑު ދެބެނެ ކަމަށްވާ ކެޓީ (ވ) އާއި އެއްމާ. --ފޮޓޯ:ބީބީސީ

އިނގިރޭސި ވިލާތުގެ އެއްމާބަނޑު ދެބެނެ ކަމަށްވާ ކެޓީ (ވ) އާއި އެއްމާ. --ފޮޓޯ:ބީބީސީ

ޒޯޔާ ބުނީ އެ ދެބެންގެ ސިއްހީ އެހެން ބައެއް މައްސަލަތައް ވެސް ހުންނަ ކަމަށެވެ.

"އެ ދެ މީހުން އަބަދުވެސް ބޭނުންވި ކަމަކީ އެހެން މީހުންނަށް އެހީވުން. ކުޑަ އިރުންސުރެ އެ މީހުން އުޅުނީ ޑޮކްޓަރުންނާއި ރަހުންނަށް ހެދި މީހުންނަށް އެހީވުމުގައި،" ޒޯޔާ ބުންޏެވެ.

ސައުތަމްޓަމް ޔުނިވާސިޓީ ހޮސްޕިޓަލް އެންއެޗްއެސް ފައުންޓޭޝަން ޓްރަސްޓުގެ ޗީފް އެގްޒެކެޓިވް ޕައުލާ ވިދާޅުވީ ނަރުހެއްގެ ގޮތުގައި މީހުންނަށް އަޅާލުމުގައި ކެޓީ މަސައްކަތްކޮށްފައި ވަނީ ވަޒީފާއަކަށް ވުރެ ބޮޑަށް އޭނާގެ އަމިއްލަ ޝައުގާ އެކު ކަމަށެވެ.

އެއްމާ ވެސް ވަނީ ސައުތަމްޓަން ހޮސްޕިޓަލްގައި 2013 ވަނަ އަހަރާ ހަމައަށް ނުވަ އަހަރު ވަންދެން މަސައްކަތް ކޮށްފަ އެވެ.