Roadha Mihaaru
އައްޑޫ 14 ދުވަހަށް ލޮކްޑައުންކޮށްފި

އައްޑޫ 14 ދުވަހަށް ލޮކްޑައުންކޮށްފި

09 މެއި 2020

އައްޑޫން ރޭ ދަންވަރު މާލެ ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން 14 ދުވަހުގެ މުއްދަތަށް އައްޑޫ މިއަދު ލޮކްޑައުން ކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ރޭ ދަންވަރު މާލެ ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން 14 ދުވަހުގެ މުއްދަތަށް އައްޑޫ މިއަދު ލޮކްޑައުން ކޮށްފި އެވެ.

ކޮވިޑާ ގުޅޭ ގޮތުން ބޭއްވި އޮންލައިން ނިއުސް ބްރީފިންއެއްގައި މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ގަބޫލުކުރެވޭތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެކު ލޮކްޑައުންގެ ހާލަތު ލުއިކޮށް ނުނަގާނެ ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، މި ހާލަތާ ގުޅިގެން ކުރިއަށް ވުރެ ބޮޑަށް އައްޑޫގެ މޫވްމަންޓް މޮނިޓަ ކުރަމުން ދާނެ އެވެ.

އޭނާ ވިދާޅުވީ މި ހާލަތާ ގުޅިގެން އެންމެ ރައްކާތެރި ގޮތަކީ ރައްޔިތުން ގެއިން ނުނިކުމެ ގޭގައި ތިބުން ކަމަށާއި އެއްވެސް ހިދުމަތެއް ދައްޗެއް ނުވާނެ ގޮތަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.

"ބޭރަށް ދެން ދެވޭނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން،" މޭޔަރު ވިދާޅުވި އެވެ.

ނިއުސް ކޮންފަރެންސްގައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހާއާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ކިރިޔާ ވެސް ޝައްކެއް ވާ ނަމަ އެ މައުލޫމާތު އެ އަވަށެއްގެ ހެލްތު ޑެސްކަށް އަންގައިދޭން އެދިފަ އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެނޭޖަރު ޝަރަފުއް ސާދާތު ވިދާޅުވީ ޕޮޒިޓިވް މީހާއާ ޑައިރެކްޓް ކޮންޓެންޓްވި މީހުންގެ ތެރޭގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުން އައިސޮލޭޓް ކޮށްގެން ބަލަމުން އަންނަ ކަމަށެވެ. ޕޮޒިޓިވް މީހާގެ އާއިލާގެ ބަޔަކު ވެސް ހޯމް އައިސޮލޭޝަނުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ރޭ ދަންވަރު މާލެ ގެނައީ ހިތުގެ ބަލީގެ މީހެކެވެ. އެއީ މާޗް 30 ރިސޯޓަކުން އައްޑު އަށް ދިޔަ މީހެއް ކަމަށް ސޯބެ ވިދާޅުވި އެވެ. އައްޑޫން ކޮވިޑް-19 އަށް މި ޕޮޒިޓިވްވީ މަރަދޫފޭދޫ އެކަމަކު ހިތަދޫގައި ދިރިއުޅޭ މެދު އުމުރުގެ ފިރިހެނެކެވެ.