Roadha Mihaaru
ކެނޯއެއްގައި ކުޅުދުއްފުއްޓަށް ދިޔަ ބަޔަކު ހައްޔަރުކޮށްފި

ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި

27 އެޕްރީލް 2020

ކޮވިޑް-19 ކޮންޓްރޯލްކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް ކެނޯއެއްގައި ކުޅުދުއްފުއްޓަށް ދިޔަ ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ކޮންޓްރޯލްކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް ކެނޯއެއްގައި ކުޅުދުއްފުއްޓަށް ދިޔަ ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މީގެ ހަފުތާއެއް ކުރިން ވެސް ކެނޯއެއްގައި ކުޅުދުއްފުއްޓަށް ދިޔަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެފަހަރު ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދުން އެރީ އުމުރުން 23 އަހަރުގެ މީހަކު 30 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ ރޭ 11:30 ހާއިރު، ހައްޔަރުކުރީ ހދ. ކުރިނބިން ފުރައިގެން ކުޅުދުއްފުއްޓަށް ދިޔަ ދެ މީހަކު ކަމަަށެވެ. އެ މީހުން ވެސް އެރަށަށް އަރާފައި އެއާޕޯޓު ސަރަހައްދުންނެވެ. މިފަހަރު ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ.

މާލެއިން ކޮވިޑް-19 ފެނި މާލެ ލޮކްޑައުން ކޮށްފައިވާއިރު، އަތޮޅުތެރޭގެ ރަށްރަށުން ވެސް ޒަރޫރީ ބޭނުމަކަށް ނޫނީ ދަތުރުކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. ރާއްޖެއިން ކޮވިޑް-19 ގެ 214 ކޭސް މިހާތަނަށް ފެނިފައިވާއިރު އަތޮޅުތެރެއިން މި ބަލި ފެނިފައި ވަނީ އުލިގަމާއި ތުލުސްދޫ އިންނެވެ. މީގެ އިތުރަށް އުތުރުގެ ތިން އަތޮޅަކަށް ދަތުރުކޮށްފައިވާ ބޯޓެއްގެ ކެޕްޓަން ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާތީ ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނަސްފަ އެވެ.