Roadha Mihaaru
ބަންގްލަދޭޝްގެ އިތުރު 72 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން

30 އެޕްރީލް 2020

ކޮވިޑް-19 އަށް މިއަދުގެ މިހާތަނަށް 116 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ. މިއީ އެއް ދުވަހެއްގައި މިހާ ގިނަ އަދަދަކަށް ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 އަށް މިއަދުގެ މިހާތަނަށް 116 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ. މިއީ އެއް ދުވަހެއްގައި މިހާ ގިނަ އަދަދަކަށް ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެޗްޕީއޭ އިން ދެންމެ އާންމު ކުރި ހިސާބުތަކަށް ބަލާއިރު ބަންގްލަދޭޝްގެ 65 މީހަކާއި އިންޑިއާގެ 32 މީހެއް، ނޭޕާލްގެ ދެ މީހަކު ޕޮޒިޓިވް ވަނީ މިއަދު ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖޭގައި ނޭޕާލްގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މި 99 މީހުންނާ އެކު، ރާއްޖެ އިން މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 396 އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 99 ބިދޭސީންގެ އިތުރުން 17 ދިވެހިން ވެސް ހިމެނެ އެވެ.

މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނައިން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 73 މީހުންނެވެ. އެއީ މި މަހުގެ 27 ގަ އެވެ.

އެޗްޕީއޭގެ ޓުވީޓް

އެޗްޕީއޭ އިން ބުނީ، މިއަދު ޕޮޒިޓިވްވި 95 މީހުންނަކީ ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން ފުލުހުން ބަލަހައްޓަމުން އަންނަ ތަންތަނުގައި އުޅޭ ބައެއް ކަމަށެވެ. ތޮއްޖެހިގެން ބިދޭސީ ގިނަ ބަޔަކު ދިރިއުޅޭ ތަންތަން މި ދުވަސްވަރު ފުލުހުން އަންނަނީ ބަލަހައްޓަމުންނެވެ. އެ ތަންތަަނަށް މީހުން ވަދެ ނުކުމެ އުޅުން ފުލުހުން ވަނީ ވަރަށް ބޮޑަށް ހިފަހައްޓައިފަ އެވެ. ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަކަށް އެ މީހުންނަށް ނުދެވޭނެ އެވެ. އޭގެ ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމެވެ. މިދިޔަ މާޗް މަހުގެ 7 ން ފެށިގެން މިހާތަނަށް 396 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު ފުރަތަމަ ފަހަރަށް އެކަކު އިއްޔެ ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 83 އަހަރު އަންހެނެކެވެ.

ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ގައުމުތައް:

ރާއްޖެ: 145

ބަންގްލަދޭޝް: 180

އިންޑިއާ: 49

އިޓަލީ: 11

ޕާކިސްތާން: 3

ނޭޕާލް: 2

ސްރީ ލަންކާ: 2

އެހެނިހެން: 4

ރާއްޖެ އިން އެންމެ ގިނަ ދިވެހިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިއްޔެ އެވެ. އިއްޔެ ވަނީ 29 ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.