Roadha Mihaaru
އައްޑޫގައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫގައި ފުރަތަމަ ފަހަރަށް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

12 ޖޫން 2020

އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖްގެ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނު ކޮށްފައިވާ އުމުރުން 65 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖްގެ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނު ކޮށްފައިވާ އުމުރުން 65 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި އަންހެންމީހާއަކީ މާލެއިން ޓްރާންސިޓް ކަރަންޓީނަށް އައްޑު އަށް ގެންދިޔަ މީހެއް ކަމަށެވެ. އޭނާއާ އެއް ކޮޓަރިއެއްގައި އޭނާގެ މާމަ އަންހެން ދަރިއަކު ވެސް ކަރަންޓީނު ކުރި ކަމަށާއި އެހެން ނަމަވެސް އޭނާގެ ޓެސްޓް ނެގެޓިވް ކަމަށް ވިދާޅުވި އެވެ.

އައްޑޫން ޕޮޒިޓިވް ވި އެ މީހާއަކީ ރަށްރަށުގައި މީހުން ކަރަންޓީނުކުރަން ފެށުމާ އެކު އައްޑު އަށް ފުރަތަމަ ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެހެންވީމާ މިއީ އަދި ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ބަލާނެ ކަމަކަށް ނުބެލެވެ އެވެ. އެ މީހާ ޕޮޒިޓިވް ވުމުން އައްޑޫގައި އަޅާނީ ކޮންކޮން ފިޔަވަޅުތަކެއް ކަމެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަދި ނުބުނެ އެެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހައިތަނަށް 1977 އެވެ. އޭގެ ތެރެއިން އަށް މީހު މަރުވި އިރު 1153 މީހަކު ވަނީ ރަނގަޅުވެފަ އެވެ.