Roadha Mihaaru
އެޗްޕީއޭ އަށް ސަރުކާރުން ނުފޫޒު އެބަ ފޯރުވާ: އިދިކޮޅު

ހާލަތު ގޯސްވީ ސަރުކާރުގެ ސަބަބުން، އެޗްޕީއޭ އަށް ސަރުކާރުން ނުފޫޒު އެބަ ފޯރުވާ: އިދިކޮޅު

01 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ގޯސްވެގެން ދިޔައީ ސަރުކާރުގެ ސަބަބުން ކަމަށާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މަސައްކަތްތަކަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ތުހުމަތު ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ގޯސްވެގެން ދިޔައީ ސަރުކާރުގެ ސަބަބުން ކަމަށާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މަސައްކަތްތަކަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ތުހުމަތު ކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން މިހާތަނަށް 399 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮވިޑް-19 އަށް ތައްޔާރުވެފައި އޮތް ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، ސިއްހީ ދާއިރާގެ ފަރާތްތަކުގެ ލަފާ ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ. އަދި އެޗްޕީއޭގެ ކަންކަން ކޮންޓްރޯލް ކުރަނީ ރައީސް އޮފީހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ސަރުކާރުން މިކަމުގައި އިސްކުރަނީ ބޮޑާކަން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ފަރުވާ ކުޑަކޮށް އަމަލުކުރާ ތަން. މިކަން މިހާ ހިސާބަށް މި ދިޔައީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ އިހުމާލު އޮވެގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ރާއްޖެ އިން ފެނުމުގެ ކުރިން ރާއްޖެ ލޮކްޑައުން ކުރަން ސިއްހީ ދާއިރާގެ ފަރާތްތަކުން ގޮވާލަމުން ދިޔަ ކަމަށާއި ރާއްޖޭގެ ހާލަތު މިހާލަތަށް ދިޔައީ އެ ނިންމުން ނިންމުމުގައި ސަރުކާރުން ލަސް ކުރުމުން ކަމަށެވެ. އަދި މިހާތަނަށް އެކަމާ ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަކަތައް ވެސް ދިމާނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ފަރުވާ ކުޑަކޮށް އަމަލުކުރާ ތަން. މިކަން މިހާ ހިސާބަށް މި ދިޔައީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ އިހުމާލު އޮވެގެން،" އަބްދުއްރަހީމް

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ނިންމުންތައް ނިންމަމުން ގެންދަނީ ކަމެއް ދިމާވުމަށް ފަހު ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ލަފައަށް އަމަލު ކުރުމުގައި ނިންމުންތައް ނިންމުމުގައި ލަސްވަމުންދާ ކަމަށާއި އޭގެ ސަބަބަކީ ސިޔާސީ ބޭފުޅުންގެ ނުފޫޒު އޮތުމުން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

"އެޗްޕީއޭގެ ހަމައެކަނި ލަފައާ އެކީގައި ގެންދާ ނަމަ، މާ ހަރުދަނާ ވާނެ. އެއަށް ސިޔާސީ ބޭފުޅުން، އެއަށް ވުރެ މަތިން އެބަ ބާރާއި ނުފޫޒު އެބަ ފޯރުވާ،" މުންދު ވިދާޅުވި އެވެ.

އެޗްޕީއޭ ހިނގަމުން ދަނީ ސީދާ މިނިސްޓަރުގެ ބެލުމުގެ ދަށުން ކަމަށްވާއިރު ސަރުކާރުގެ އިހުމާލު އޮތްކަން ބެލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ މިނިސްޓްރީގެ ޒިންމާއަަކަށް ވެގެން ނުވާނެ. ދެ ފުށް ފެންނަ ގޮތަކަށް މިކަން ގެންދެވޭނީ އަޅުގަނޑު ދެކޭ ގޮތުގައި ޚާއްސަ ވަކި ބަޔަކު މިކަން ކޮށްގެން. އެކަމަށް އެންމެ އެކަށީގެންވަނީ ހިއުމަން ރައިޓްސް ކޮމިޝަން،" އާދަމް ޝަރީފް

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކޮވިޑް-19 ގައި އިއްޔެ ފުރަތަމަ ފަހަރަށް މީހަކު މަރުވެގެން ދިއުމުގައި އިހުމާލު އޮތްކަމުގެ ތުހުމަތު އަމާޒު ކުރެވޭއިރު، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ. އަދި އެކަން ބަލާނެ ކަމަށް ސަރުކާރުން ބުންޏަސް، ނުފުދޭނެ ކަމަށާއި އެ ތަހުގީގު ހިންގަން ޖެހޭނީ މިނިވަން މުއައްސަސާތަކުން ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

"އެޗްޕީއޭ ހިނގަމުން ދަނީ ސީދާ މިނިސްޓަރުގެ ބެލުމުގެ ދަށުން ކަމަށްވާއިރު ސަރުކާރުގެ އިހުމާލު އޮތްކަން ބެލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ މިނިސްޓްރީގެ ޒިންމާއަަކަށް ވެގެން ނުވާނެ. ދެ ފުށް ފެންނަ ގޮތަކަށް މިކަން ގެންދެވޭނީ އަޅުގަނޑު ދެކޭ ގޮތުގައި ޚާއްސަ ވަކި ބަޔަކު މިކަން ކޮށްގެން. އެކަމަށް އެންމެ އެކަށީގެންވަނީ ހިއުމަން ރައިޓްސް ކޮމިޝަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ނިންމުންތައް ނިންމުމާއި މައުލޫމާތު ހާމަކުރުމުގައި ވެސް އެޗްޕީއޭ އަށް މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ދައުރަކަށް ވާން ޖެހޭނީ ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގައި ސަރުކާރުން އަމަލުކުރާ ގޮތް އިދިކޮޅު ކޯލިޝަނުން ގާތުން ބަލަމުންދާ ކަމަށާއި އެކަމާ ބެހޭ ތަފްސީލުތައް އެ ކޯލިޝަނުން މިހާރު އެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.