Roadha Mihaaru
މާލެ އަންނަން 24 ގަޑިއިރު ތެރޭ 454 މީހަކު އެދެފި

މާލެ އަންނަން 24 ގަޑިއިރު ތެރޭ 454 މީހަކު އެދެފި

02 މެއި 2020

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ބަންދުކުރުމުން، ރަށްރަށުގައި ތިބި މާލެ ނާދެވިފައި ތިބި މީހުންގެ ތެރެއިން 454 މީހަކު މާލެ އަންނަން ބޭނުންވެގެން މި ދިޔަ 24 ގަޑިއިރު ތެރޭ ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު އެދެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ބަންދުކުރުމުން، ރަށްރަށުގައި ތިބި މާލެ ނާދެވިފައި ތިބި މީހުންގެ ތެރެއިން 454 މީހަކު މާލެ އަންނަން ބޭނުންވެގެން މި ދިޔަ 24 ގަޑިއިރު ތެރޭ ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު އެދެފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށް އެ މުއްދަތު އިއްޔެ އަނެއްކާ 14 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. އެހެންވެ މާލެ ނާދެވިފައި ތިބި މީހުން ހޯދަން މާލޭ ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއް

ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި، މާލެ ނާދެވި، އެކި ރަށްރަށުގައި ތާށިވެފައި ތިބި މީހުން އެކަން ކައުންސިލަށް އަންގަން، އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމަ އަށް ވަނީ ފުރުސަތު ދީފަ އެވެ. މާލެ އަންނަން ބޭނުންވާ ނަމަ 9955788 އަށް ގުޅައި އެކަން އަންގަން އެދިފައިވެ އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީތެއްގައި ބުނީ، އެ އިއުލާނު ކުރިތާ 24 ގަޑި އިރު ތެރޭގައި 454 މީހަކު މާލެ އަންނަން ބޭނުންވާކަން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިހާރު ވަނީ މި މައުލޫމާތު ފުލުހުންނާ ހިއްސާކުރައްވައި، އެ މީހުންނަށް މާލެ އާދެވޭނެ ގޮތް ހަމަޖައްސައިދޭން އެދިވަޑައިގެންފައި ކަމަށް އެ ޓްވީޓްގައިވެ އެވެ.

ރާއްޖެއިން މިހާތަނަށް 480 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، ގިނައީ މާލެ ސަރަހައްދުން ފެނިފައިވާ މީހުންނެވެ. އޭގެ ތެރެއިން ވެސް ގިނައީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން ދިޔަ ބިދޭސީންނެވެ.