Roadha Mihaaru

ސަލާމާތީ ބާރުތަކުގެ ކޭސްތައް ހާމަނުކުރަން މަޝްވަރާކުރަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ސިފައިންނާއި ފުލުހުންގެ އަދަދު ވަކިވަކިން ހާމަ ނުކުރުމަށް މަޝްވަރާ ކުރަމުން އަންނަަ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ.

ސަލާމަތީ ބާރުތަކުގެ ކޭސްތައް ހާމަނުކުރަން ވިސްނަނީ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

02 މެއި 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ސިފައިންނާއި ފުލުހުންގެ އަދަދު ވަކިވަކިން ހާމަ ނުކުރުމަށް މަޝްވަރާ ކުރަމުން އަންނަަ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ހާމަކުރާނެ ގޮތަކާ މެދު މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް މަޝްވަރާ ކުރަނީ އެއީ ގައުމީ ސަލާމަތާ ވެސް ގުޅުން ހުރި ކަމަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑަށް މިހާރު ހީވަނީ އެ މައުލޫމާތު އަޅުގަނޑުމެން ދެމުން ދާނީ ފްރޮންޓްލައިން ގައި މަސައްކަތްކުރާ މީހުން، އެއީ ޖުމްލަ ނަމްބަރެއް ކަމަށް ބަލައިގެން ވަކި ވަކި މުއައްސަސާތައް ނުކިޔާހެން،" ޕޮޒިޓިވްވި ސިފައިންގެ މީހުންނާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވި އެވެެ.

އޭނާ ވިދާޅުވީ އެކަމުގައި ނިންމާ ގޮތެއް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

މިރޭގެ ޕްރެސް ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ފްރޮންޓްލައިންގެ އަދަދުތައް ވިދާޅުވާނީ ޖުމްލަކޮށް ކަމަށާއި ވަކިވަކި މުއައްސަސާތަކުގެ އަދަދުތައް ވިދާޅު ނުވާނެ ކަމަށެވެ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކާއި ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކާއި ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ.

"ވަކިވަކި ބަޔަކު ވަކިކޮށްފަައި އަޅުގަނޑުމެން ބުނާކަށް ނެތީމޭ. އެއީ ފްރޮންޓްލައިން ކަމަށް ވެއްޖެއްޔާ ވެސް އަޅުގަނޑުމެންނަށް ބުނެވޭވީ ފްރޮންޓްލައިންގެ ހުރިހާ ބާވަތެއް އެއްކޮށްލާފައި،" އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި ފްރޮންޓްލައިން ކޭސްތައް ވެސް މިހާރު ހުރީ އެކި އެކި ކްލަސްޓާތަކުގެ ތެރޭގަ އެވެ. އެެގޮތުން ފްރޮންޓްލައިންގެ ޖުމްލަ އަދަދެއް ވެސް އަދި ވަކިން ފާހަގަކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންގެ ކޭސްތަކުގެ ތެރެއިން މިހާތަނަށް ހާމަކޮށްފަައި ވަނީ އެމްއެންޑީއެފްގެ ފަސް ކޭހެކެވެ. އެ ކޭސްތަކާ ގުޅިގެން ބަޔަކު އައިސޮލޭޓްކުރިކަން ހާމަކުރި ނަމަވެސް އެ ކޭސްތަކުގެ އިތުރު މައުލޫމާތެއް ފަހުން ހާމައެއް ނުކުރެ އެވެ.

އަފްޒަލް ވިދާޅުވީ ފްރޮންޓްލައިންގައި މަސަައްކަތް ކުރާ މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެ ނަމަ ސާމަޕަލް ނެގުމާއި އައިސޮލޭޓްކުރުމާއި ކޮންޓެކްޓް ޓްްރޭސިންގެ މަސައްކަތް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ކުރާނެ ކަމަށެވެ.