ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކާ ހިލާފުވި 319 މީހަކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.ެ
13 މެއި 2021
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކާ ހިލާފުވި 319 މީހަކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.ެ
އެ އިދާރާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 136 މީހަކު މާސްކް ނާޅަައި ބޭރަށް ދިޔަ މައްސަލައިގައި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ކާފިއު ވަގުތު ބޭރުގައި އުޅުނު 160 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު އުޅަނދު ދުއްވުން މަނާ ވަގުތުގައި އެކަން ކުރި 23 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ އިއްޔެ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ފަށައިފަ އެވެ. އެ ވަގުތު ބޭރުގައި އުޅުމާއި ވެހިކަލް ދުއްވުން ވެސް މަނާވާނެ އެވެ. މާސްކް އެޅުން ވެސް މަޖުބޫރުކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެފައިވީ ނަމަވެސް ބައެއް މީހުން މާސްކް ނާޅައި ވެސް އުޅެ އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުންނާއި ސިފައިން މާލެ ސަރަހައްދުގެ މަގުތަކަށް ނުކުމެ، އެޗްޕީއޭގެ އެންގުންތައް ތަންފީޒުކުރުމަށް މަސައްކަތް ކުރާއިރު އާންމުންގެ އެހީތެރިކަން ވެސް ބޭނުންވާނެ ކަމަށެވެ. މަނާ ވަގުތުގައި މުހިއްމު ކަމެއްގައި ބޭރަށް ދާން ޖެހިއްޖެ ނަމަ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ކެފޭ/ ރެސްޓޯރަންޓުތަކުން ގައިޑްލައިންތަކާ ހިލާފުވާ ނަމަ އެ ތަންތަނާ މެދު ފިޔަވަޅު އަޅާނެ އެވެ. އެގޮތުން 24 ގަޑިއިރަށް އެ ފަދަ ތަންތަން ބަންދުކުރާނެ އެވެ. އަދި ފިހާރަތަކަށް ވަންނަން އޮންނަ މިންވަރަށް ވުރެ އިތުރަށް މީހުން ވަދެ ތިބޭތޯ ވެސް ފުލުހުން ބަލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގެ ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެޗްޕީއޭގެ އެންގުންތައް ތަންފީޒު ކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އަންގަވައިފަ އެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރާ 199 މީހުން ޕޮޒިޓިވް
ސަލާމަތީ ބާރުތަކުގެ ކޭސްތައް ހާމަނުކުރަން ވިސްނަނީ
ގިރިފުށީގައި 35 މީހަކަށް ކޮވިޑް ޖެހިއްޖެ
ކޮވިޑްގައި ސިފައިންގެ ކުރީގެ އޮފިސަރަކު އަވަހަރާވެއްޖެ
ކޮވިޑުގެ ޖޫރިމަނާ މިލިއަނަކަށް ވުރެ މައްޗަށް
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
މިއަދު މަރުވީ ކޭކޭގައި މަސައްކަތް ކުރާ މީހެއް
ކޮވިޑް-19 ޖެހުނު ދިވެހި ފުރަތަމަ މީހާގެ ތަޖުރިބާ
ސިފައިންގެ ފަސް މީހަކު ވެސް ޕޮޒިޓިވްވި
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ