Roadha Mihaaru
ޔަމަނުގެ ޖަނާޒާ ހޯލަށް ބޮން އެޅުނީ އޮޅުމަކުން: ސައުދީ

ޔަމަނުގެ ޖަނާޒާ ހޯލަށް ބޮން އެޅުނީ އޮޅުމަކުން: ސައުދީ ކޯލީޝަން

15 އޮކްޓޯބަރ 2016

ރިޔާޒް (އޮކްޓޯބަރު 15) - ޔަމަނުގެ ހޫތީންގެ ޖަނާޒާއެއް ކުރިއަށް ދިޔަ ހޯލަށް މިދިޔަ ހޮނިހިރު ދުވަހު ބޮން އަޅާ 140 މީހުން މަރާލީ މޮޅުމަކުން ކަމަށް ސައުދީ ކޯލީޝަނުން އެއްބަސްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އޮކްޓޯބަރު 15) - ޔަމަނުގެ ހޫތީންގެ ޖަނާޒާއެއް ކުރިއަށް ދިޔަ ހޯލަށް މިދިޔަ ހޮނިހިރު ދުވަހު ބޮން އަޅާ 140 މީހުން މަރާލީ މޮޅުމަކުން ކަމަށް ސައުދީ ކޯލީޝަނުން އެއްބަސްވެއްޖެ އެވެ.

ހޫތީންގެ ދާޚިލީ ވަޒީރުގެ ބައްޕަގެ ޖަނާޒާ ވެރިރަށް ސަންއާގައި ކުރިއަށް ދަނިކޮށް ވައިގެ ހަމަލާ ދިނީ "ނުބައި މައުލޫމާތެއްގެ" މައްޗަށް ބިނާކޮށް ކަމަށް ކޯލީޝަނުން ވަނީ ބުނެފަ އެވެ. ޖޮއިންޓް އިންސިޑެންޓްސް އެސެސްމެންޓް ޓީމުގެ ތަހުގީގަށް ފަހު ބުނެފައި ވަނީ ޖަނާޒާ ކުރިއަށް ދިޔަ ހޯލުގައި މުޅިން ވެސް ތިބީ ހޫތީ ލީޑަރުން ކަމަށް ބޮން އަޅާ ބޯޓުތަކުގެ ޕައިލެޓުންނަށް އަންގާފައިވާ ކަމަށެވެ. އަދި އެއީ ޔަމަނުން ލިބުނު މައުލޫމާތެއް ކަމަށާއި އެކަމާ ޒިންމާވާން ޖެހޭނީ އެ މައުލޫމާތު ދިން ޔަމަނުގެ އަސްކަރީ ލީޑަރުން ކަމަށް ވެސް ބުނެފައިވެ އެވެ. ތަހުގީގު ޓީމުން ވަނީ ބޮމުގެ ހަމަލާގައި ގެއްލުން ލިބުނު އެންމެންނަށް ބަދަލު ދިނުމަށް ގޮވާލައިފަ އެވެ.

ސައުދީ ކޯލީޝަނުން ޔަމަނަށް ދިން ހަމަލާ އަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވޭ. --ފޮޓޯ:ރޮއިޓާސް

ސައުދީ ކޯލީޝަނުން ޔަމަނަށް ދިން ހަމަލާ އަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވޭ. --ފޮޓޯ:ރޮއިޓާސް

ސައުދީ އަރަބިއާ އިން ބުނެފައި ވަނީ ޔަމަނުގެ ހޫތީންނަށް ދަނީ އީރާނުން އެހީވަމުން ކަމަށެވެ. އދ. އިން ބުނެފައި ވަނީ ޔަމަނުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭން ގިނަ މީހުންނަކީ އާއްމުންނެވެ.

ޔަމަނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ގިނަ ގައުމުތަކުން ވަނީ ސައުދީ ކޯލީޝާނަށް އެއްބާރުލުން ކުޑަ ކުރާނެ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ. ސައުދީ އަރަބިއާ އަށް ގިނަ އަދަދަކަށް ހަތިޔާރު ވިއްކާ އިނގިރޭސި ވިލާތުން ވަނީ ޔަމަނުގެ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހަށް މި ހަފުތާގައި ގަރާރެއް ހުށަހެޅުމަށް ނިންމައިފަ އެވެ.

ހޫތީންނަކީ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހާ ގާތް ގުޅުން އޮންނަ ބައެކެވެ. ޔަމަނުގެ ރައީސް އަބްދުއްރައްބޫހު މަންސޫރު ހާދީގެ ސަރުކާރުން ދަނީ ހޫތީންގެ އިތުރުން އަލީ އަބްދުﷲ ސޯލިހަށް ވަފާތެރި ސިފައިންނާ ހަނގުރާމަ ކުރަމުންނެވެ.