Roadha Mihaaru
ޑިސްއިންފެކްޓްކޮށް، ވިލިމާލެ ފެރީ މިރޭ ފެށޭތޯ ބަލަނީ

ޑިސްއިންފެކްޓްކޮށް، ވިލިމާލެ ފެރީގެ ޚިދުމަތް މިރޭ ފެށޭތޯ ބަލަނީ

07 މެއި 2020

ވިލިމާލޭ ފެރީ ޓާމިނަލުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މެދުކަނޑާލާފައިވާ އާއްމު ދަތުރުތައް، ދެ ޓާމިނަލާއި ފެރީތައް ޑިސްއިންފެކްޓްކުރުމަށް ފަހު އެޗްޕީއޭގެ ހުއްދައާ އެކު މިރޭގެ ލަސް ވަގުތެއްގައި ފެށޭތޯ މަސައްކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ވިލިމާލޭ ފެރީ ޓާމިނަލުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މެދުކަނޑާލާފައިވާ އާއްމު ދަތުރުތައް، ދެ ޓާމިނަލާއި ފެރީތައް ޑިސްއިންފެކްޓްކުރުމަށް ފަހު އެޗްޕީއޭގެ ހުއްދައާ އެކު މިރޭގެ ލަސް ވަގުތެއްގައި ފެށޭތޯ މަސައްކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދެއްކުމުން އެ މުވައްޒަފު ޕޮޒިޓިވްކަން އެނގުމާ އެކު ޓާމިނަލް ބަންދުކޮށް އާއްމު ދަތުރުތައް މެދުކަނޑާލައި، ވަގުތީ ގޮތުން އާ ފެރީއެއް ބޭނުންކޮށްގެން ބޭއްވީ ހާއްސަ ދަތުރުތަކެވެ. އެ ފެރީ ކައިރި ކުރަނީ ވެސް ވިލިމާލެ ޓާމިނަލާ ދުރަށް ބަނދަރުގެ އެހެން ދިމާލަކަށެވެ.

އެމްޓީސީން ނެރުނު ބަޔާނެއްގައި ބުނީ ޕޮޒިޓިވްވި މުވައްޒަފާ އެކު ލޮކްޑައުންވެގެން ޓާމިނަލުގައި ތިބި ހަތް މުވައްޒަފުން ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސްފައިވާ ކަމަށެވެ. މާލެ އަދި ވިލިމާލޭގެ ފެރީ ޓާމިނަލާއި ހުރިހާ ފެރީތަކެއް ޑިސްއިންފެކްޓްކޮށް ސެނިޓައިޒްކުރުމުގެ މަސައްކަތް ފަށާއިފައިވާ ކަމަށް ބުނެފައިވެ އެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ޑިސްއިންފެކްޓްކުރަނީ.

ވިލިމާލޭ ފެރީ ޓާމިނަލް ޑިސްއިންފެކްޓްކުރަނީ.

އެޗްޕީއޭގެ ހުއްދައާ އެކު، މިރޭގެ ލަސް ވަގުތެއްގައި އާއްމު ފެރީ އޮޕަރޭޝަންތައް ފަށަން މަސައްކަތްކުރަނީ، ކަރަންޓީނަށް ގެންދިޔަ މުވައްޒަފުންގެ ބަދަލުގައި އަލަށް ހަމަޖެއްސި ފްރަންޓްލައިން މުވައްޒަފުންނާ އެކު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ކަސްޓަމަރުންނާއި މުވައްޒަފުންނަށް ޔަގީންކޮށްދޭން ބޭނުންވޭ، (މި ކުންފުންޏަށް) އެންމެ މުހިއްމީ އެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަން،" އެމްޓީސީސީން ބުނެފައިވެ އެވެ

މާލެ، ހުޅުމާލެ އަދި ވިލިމާލެ ލޮކްޑައުން ކޮށްފައިވާ މިދުވަސްވަރު މާލެ އާއި ވިލިމާލެއާ ދެމެދު ކޮންމެ ދުވަހަކު ހަ ފެރީ ބާއްވަ އެވެ.

ޓާމިނަލުގައި ލޮކްޑައުންވެގެން މިދުވަސްވަރު މަސައްކަތްކުރި ނަމަވެސް މުވައްޒަފު ޕޮޒިޓިވްވިކަން އެނގުނީ އޭނާ ގޭގައި ހުއްޓައި ކަމަށް އެމްޓީސީސީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ. އަދި ޓާމިނަލްގައި ތިބުމަށް އަންގާފައިވަނިކޮށް އޭނާ ގެއަށް ދިޔަ ގޮތެއް ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.