Roadha Mihaaru
އިރާގުގައި އައިއެސް އިން ދިން ހަމަލާއެއްގައި 32 މަރު

އިރާގުގެ ޝިއައީންނަށް އައިއެސް އިން ދިން ހަމަލާއެއްގައި ގިނަ ބަޔަކު މަރު

15 އޮކްޓޯބަރ 2016

ބަޣުދާދު (އޮކްޓޯބަރު 15) - ޝިއައީންނަށް އަމާޒުކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން އިރާގުގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި މިއަދު 32 މީހުން މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮކްޓޯބަރު 15) - ޝިއައީންނަށް އަމާޒުކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން އިރާގުގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި މިއަދު 32 މީހުން މަރުވެއްޖެ އެވެ.

ވެރިރަށް ބަޣުދާދުގައި ދިން ހަމަލާގައި ވަނީ 60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. މި ހަމަލާދީފައި ވަނީ ބަޣުދާދުގެ އުތުރުގެ މާރުކޭޓެއްގެ ޓެންޓެއްގެ ތެރޭގަ އެވެ. އެ ވަގުތު ޝިއައީންގެ ގިނަ ބަޔަކު ދިޔައީ ހުސޭންގެފާނު ގަތުލް ކުރުމުގެ ހިތާމަ، ދީނީ ކަމެއްގެ ގޮތުގައި ބަލައިގެން، ފާޅު ކުރަމުންނެވެ.

މި އަހަރު ތެރޭ އައިއެސް އިން ވަނީ ބަޣުދާދުގައި ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ. އައިއެސް އިން އިރާގުން ހިފާފައިވާ ބޮޑު ސަރަހައްދެއް ވަނީ އެ މީހުން އަތުން މިހާރު ގެއްލިފަ އެވެ. އެންމެ ފަހުގެ ހަމަލާދީފައި ވަނީ އިރާގުން އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ ކަމަށްވާ މޮސޫލް ހިފުމަށް އިރާގު ސިފައިން ތައްޔާރުވަމުން ދަނިކޮށެވެ.

ބަޣުދާދުގެ ވިޔަފާރި އޭރިއާއެއްގައި އައިއެސް އިން މި އަހަރުގެ ޖުލައި މަހު ދިން ހަމަލާގައި ވަނީ 300 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން އިރާގުގައި ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާ އެވެ.