11 މެއި 2020
އެކި ސަބަބުތަކާ ހުރެ ޚިދުމަތާ ދުރުގައި މިވަގުތު ތިބި ނަރުހުން، މަސައްކަތުގެ މާހައުލަށް ނުކުމެ، ބަލި މީހުންނަށް ފަރުވާދޭން ކުރީ ސަފުގައި ތިބި ނަރުހުންނަށް އެހީތެރިވެދިނުމަށް ދިވެހި ނަރުހުންގެ ޖަމިއްޔާ އިން ގޮވާލައިފި އެވެ.
އެކި ސަބަބުތަކާ ހުރެ ޚިދުމަތާ ދުރުގައި މިވަގުތު ތިބި ނަރުހުން، މަސައްކަތުގެ މާހައުލަށް ނުކުމެ، ބަލި މީހުންނަށް ފަރުވާދޭން ކުރީ ސަފުގައި ތިބި ނަރުހުންނަށް އެހީތެރިވެދިނުމަށް ދިވެހި ނަރުހުންގެ ޖަމިއްޔާ އިން ގޮވާލައިފި އެވެ.
މާލެ އާއި އަތޮޅުތަކުގައި ކޮވިޑް-19 ފެތުރި ރާއްޖެ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 800 އަށް އަރައިފަ އެވެ. ބަލި ޖެހިފައި ތިބި 6،000 މީހުންނާ އެކު މި މަހުގެ 31 ގައި ރާއްޖެ ޕީކަށް އަރާނެ ކަމަށް ލަފާކޮށްފައިވާ އިރު، މި އަދަދަށް ފަރުވާދިނުމުގައި ސިއްހީ ދާއިރާ އަށް ކުރިމަތިވާނެ ގޮންޖެހުން ބޮޑެވެ.
މީގެ ތެރެއިން ވެސް އެންމެ އުނދަގޫ ހާލަތެއް ކުރިމަތިވާނީ، ބަލި މީހުންނާ އެންމެ ގާތުން އަބަދު މަސައްކަތް ކުރާ ނަރުހުންނަށެވެ.
ދިވެހި ނަރުހުންގެ ޖަމިއްޔާ އިން ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވަމުން ދާތީ، ފަރުވާގެ ކަންކަމުގައި ކުރީ ސަފުގައި ތިބި ނަރުހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރާ މި ހާލަތުގައި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެއް ބަޔަކީ ނަރުހުން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
މި ދަތިކަން އޮތީ ރާއްޖޭގައި އެކަންޏެއް ނޫނެވެ. ކޮވިޑުން ސަލާމަތްވާން ކުރާ މަސައްކަތުގައި އެހެން ގައުމުތަކުގައި ވެސް އަންނަނީ މަސައްކަތާ ދުރުގައި ތިބި، ސިއްހީ ދާއިރާ އިން ތަމްރީނު ލިބިފައި ތިބި މީހުންގެ އެހީ އަށް އެދެމުންނެވެ.
"ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން މިއަދު އަޅުގަނޑުމެންގެ ގައުމުގެ އާދޭހަކީ ވެސް މިވަގުތު އެކި ސަބަބުތަކާ ހުރެ މަސައްކަތާ ދުރުގައި ތިއްބެވި ނަރުހުން މަސައްކަތުގެ މާހައުލަށް ނުކުމެދެއްވުމެވެ. އަދި ބަލި ތަހައްމަލްކުރާ މީހުންނަށް އެހީގެ އަތެއް ދިއްކޮށްލުމެވެ،" ނަރުހުންގެ ޖަމިއްޔާގެ އިއުލާނުގައިވެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ނަރުހަކު މަަސައްކަތް ކުރަނީ. -- ފޮޓޯ/މިހާރު
މި މަސައްކަތުގައި އެހީތެރިވެދޭން ބޭނުންވާ ނަރުހުން، 7787317 އަދި 7791131 އަށް ގުޅައިގެން މައުލޫމާތު އޮޅުންފިލުވަން ނަރުހުންގެ ޖަމިއްޔާ އިން އެދެ އެވެ.
ކޮވިޑުގެ ފަރުވާގައި ޑޮކްޓަރުންގެ ޓީމާއެކު މަސައްކަތްކުރާ ނަރުހުންގެ ތެރެއިން އައިޖީއެމްއެޗުގެ އެއް ޑިޕާޓްމެންޓަކުން 16 ނަރުހުން މިހާރު ވެސް އައިސޮލޭޓްކޮށްފައި އެބަތިއްބެވެ. ބައްޔަށް ހުށަހެޅިދާނެ ކަމުގެ ނުރައްކާ އޮވެގެން މީގެ ކުރިން ވެސް ނަރުހުންތަކެއް 14 ދުވަހަށް އައިސޮލޭޓްކުރި އެވެ. އެ މުއްދަތު ހަމަވުމުން އެ މީހުން ވަނީ އެނބުރި ޑިއުޓީ އަށް ނުކުމެފަ އެވެ.
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ 35 މީހުން
ލޮކްޑައުނަށް އަހަރެއް: އަދިވެސް ބަންދެއްގައި!
ބުރަ ޑިއުޓީއަށް ފަހު ވެސް ބަލި މީހުންނާ އެކު
ވެހިކަލް މަނާކުރީ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ
ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: މައުމޫން
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް
އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން ކަމޭހިތި: ޝީނާ
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް