ވަރަށް ނުރައްކާތެރި ކަމަކާ ހަމައަށް ދިއުމަށް ކުރަމުންދިޔަ މަސައްކަތެއް މިދިޔަ ހަފުތާގައިި ފުލުހުން ހުއްޓުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
11 މެއި 2020
ވަރަށް ނުރައްކާތެރި ކަމަކާ ހަމައަށް ދިއުމަށް ކުރަމުންދިޔަ މަސައްކަތެއް މިދިޔަ ހަފުތާގައިި ފުލުހުން ހުއްޓުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް އިމްރާން ވިދާޅުވީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށާއި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ އެކި ކަންކަން މި ދޭތެރެއިން ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސިފައިންނާ ގުޅިގެން ފުލުހުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ވަކިން ހާއްސަކޮށް ނާޒުކު މި ދަނޑިވަޅުގައި ދައުލަތުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކުރަން ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމަށާއި ސެކިއުރިޓީ އަށް ސަމާލުކަން ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އދ. މަހިބަދޫގައި މިދިޔަ މަހު ލޯންޗުތަކެއްގައި ރޯކޮށްލި ހާދިސާ އަށް އިޝާރަތްކުރައްވައި އިމްރާން ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަތީޖާއަކާ ހަމައަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި މިދިޔަ ހަފުތާގައި ވެސް އޭގެ ވަރަށް ނުރައްކާތެރި ކަންކަމާ ހަމައަށް ދާން ކުރި މަސައްކަތެއް ހުއްޓާވާފައިވާ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ގާތުން ކަންކަން ބަލަމުންގޮސް މިދިޔަ ހަފުތާގައި ވެސް މީގެ ވަރަށް ނުރައްކާތެރި ކަންކަމާ ހަމައަށް ދިއުމަށްޓަކައި މަސައްކަތްކުރި ބައެއް ދިވެހި ފުލުހުން ވަނީ ހުއްޓުވާފައި،" އިމްރާން ވިދާޅުވި އެވެ.
ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ބައެއް ކަންކަމަކީ، ތަހުގީގަށް ހުރަސް އެޅިދާނެތީ ހަގީގަތާ އެއްކޮށް ވާސިލްވުމުގެ ކުރިން އޭގެ މައުލޫމާތު ހާމަކުރާ ކަންކަމެއް ނޫން ކަމަށެވެ. ބައެއް ވާހަކަތައް ތަހުުގީގު މަރުހަލާގައ މަޑުމަޑުން ދައްކަންޖެހޭ ކަމަށް ވިދާޅުވެ އިމްރާން ވިދާޅުވީ އޭނާ އެ ވިދާޅުވި ވާހަކަ ދިވެހިންގެ ގިނަ ބަޔަކަށް ވިސްނޭނެ ކަމަށެވެ.
މަހިބަދޫ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ރޯކޮށް ބޭނުންނުކުރެވޭ ވަރަށް އެ އެއްޗެހިތައް ވަނީ އަނދާ ހުލިވެފަ އެވެ. އެ ހަމަލާގެ ޒިންމާ އައިއެސް އިން އުފުލި ކަމުގައި ވިއަސް ފުލުހުން ބުނީ އެކަމުގެ އަޑީގައި ތިބި މީހުންނާ އައިއެސް ޖަމާއަތާ ގުޅުމެއް އޮތް ކަމެއް އަދި ނޭނގޭ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރައްޔިތުން ތިބީ ނާޒުކު ހާލަތެއްގައިކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ މި ހާލަތުގައި ތިއްބާ ރައްޔިތުންގެ މެދުގައި އިތުރަށް ބިރުވެރިކަން އުފައްދަން ކަންކަން ކުރުމަކީ އެއްވެސް މީހަކު ރުހޭނެ ކަމެއް ނޫން ކަމަށެވެ. ދީނާ ދެކޮޅު ނުވަތަ އެއްކޮޅު ފިކުރެއްގައި ނަމަވެސް ރައްޔިތުންނަށް ބިރުވެރިކަމެއް އަންނާނެ މަސައްކަތް ނުކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އިތުރަށް ސަމާލުކަންް ދީގެން ކަންކަން ބަލަމުންދާއިރު ވަކިވަކި ފަރުދުން ކުރަމުންދާ ކަންކަމާއި މަޝްވަރާތައް ފުލުހުންނަށް އެނގޭ ކަމަށާއި ނަމަވެސް އެނގޭ ކޮންމެ ކަމަކަށް އެ މީހަކަށް ފިޔަވަޅެއް ނާޅާފާނެ ކަމަށް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ފިޔަވަޅު އަޅާ ހާލަތަށް ދިޔުމުން އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މޮނިކަން އަމުރު ނެރެ، ޓެގް އެޅުވީ އެއް އަހަރަށް
ހަރުކަށި ފިކުރުގެ 8މީހެއްގެ ފައިގައި ޓެގް އަޅުވަނީ
ހަރުކަށި ފިކުރުން ދީފާނެ ގެއްލުމަކަށް ތިބީ ތައްޔާރަށް
އަނިޔާވެރިކަމަށް ގޮވާލާ ނަމަ ފިޔަވަޅުއަޅާނެ: އިމްރާން
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ
އަބްދުﷲ ރަޝީދުގެ މަރުގައި އިހުމާލެއް ނެތް: އިމްރާން
ހަރުކަށި މީހުން ވަކި ކުރާ ވިންގް ޖުލައިގައި ނިމޭނެ
ހިދުމަތް ރަނގަޅު ކުރަން ފުލުހުންގެ ބޮޑު ކޮންފަރެންސެއް
އެއްޖިންސުން ގުޅުންހިންގި މައްސަލަ: އިމްރާންގެ ރައްދެއް
ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި