06 ޖުލައި 2021
މިހާތަނަށް އެންމެ އަގު ބާގަގެ ގޮތުގައި ވިއްކައިލި ބާގާ އިން ލިބުނު ހުރިހާ ފައިސާއެއް ކުދަކުދިންނަށް ކާނާ ފޯރުކޮށްދޭ ޖަމިއްޔާއަކަށް ހަދިޔާކޮށްފި އެވެ.
މިހާތަނަށް އެންމެ އަގު ބާގަގެ ގޮތުގައި ވިއްކައިލި ބާގާ އިން ލިބުނު ހުރިހާ ފައިސާއެއް ކުދަކުދިންނަށް ކާނާ ފޯރުކޮށްދޭ ޖަމިއްޔާއަކަށް ހަދިޔާކޮށްފި އެވެ.
"ދަ ގޯލްޑެން ބޯއި" ގެ ނަން ދިން ބާގާ އަކީ ނެދަލެންޑްސްގެ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ ޑި ޑާލްޓަންސްގެ ވެރިޔާ ރޮބަޓް ޖެން ޑި ވީންގެ އުދެއްދުމެކެވެ. ފަސް މަސް ދުވަހުގެ ހިޔާލުން އެއްކުރި ރެސިޕީން ތައްޔާރުކުރި ބާގާގެ ޖުމްލަ އަގަކީ 5،964 ޑޮލަރު (91,845ރ.) އެވެ. މިދިޔަ މަހުގެ 28 ގައި އެ ވިއްކައިލީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ރެމިއާ އިންޓަނޭޝަނަލްއަށެވެ.
އެއިން ލިބުނު ފައިސާ ހަދިޔާކުރީ ކުޑަކުދިންނަށް ހިލޭ ކާނާ ފޯރުކޮށްދޭން މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ދަ ނެދަލެންޑްސްއަށެވެ.
ވީން ބުނި ގޮތުގައި ދުނިޔޭގެ އެންމެ އަގު ބޮޑު ބާގާ ހެދުމުގެ ހިޔާލު އައީ މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 އާ ހެދި ދުނިޔޭގެ ކަންކޮޅުތަކުގެ ކުދިންނަށް ކާނާ ލިބުމުގައި ދިމާވާން ފެށި ހުރަސްތަކާއި އެކަމާ ދެކޮޅަށް ޖަމާއަތްތަކުން ކުރާ މަސައްކަތުގެ ވާހަކަ އަޑު އިވިގެން ކަމަށެވެ. އެހެންވެ އޭނާ ބޭނުންވީ އަމިއްލަ މަސައްކަތުން ތައްޔާރުކުރާ އެއްޗެއް ވިއްކައިގެން ބޮޑު އަދަދަކުން ފައިސާގެ އެހީއެއް ދޭށެވެ.
އެގޮތުން ބާގާއެއް ހަދަން ވިސްނި އިރު އެންމެ ބޮޑަށް އިސްކަން ދިނީ ދުނިޔޭގެ ރެކޯޑަކަށްވާ ވަރުގެ އެއްޗެއް ތައްޔާރުކުރުމެވެ. ކުރިން އެންމެ އަގު ބޮޑު ބާގާގެ ރެކޯޑް އޮތީ އެމެރިކާގެ އޮރެގަންގެ ރެސްޓޯރަންޓަކުން 2011 ގައި 5,817 ޑޮލަރު (89,581ރ.) އަށް ވިއްކި ބާގާއަށެވެ.
"އެހެންވެ އެ ރެކޯޑް މުގުރާލުން އެއް ޓާގެޓަކީ މި މަސައްކަތް ފެށި އިރު ވެސް،" ވީން ބުންޏެވެ. "އެކަމަކު މިކަމަކީ ހީކުރިހާ ފަސޭހަ ކަމެއް ނޫން. މިއީ ވަރަށް ޗެލެނިން ކަމަކަށްވީ. އެކަމަކު ވަރަށް ހިތްގައިމު ތަޖުރިބާއަކަށް މިކަންވީ."
އޭނާ ތައްޔާރުކުރި ބާގާގައި ބޭނުންކުރި އިންގްރީޑިއަންޓްތަކަކީ އެންމެ އަގު ބޮޑެތި އެއްޗިއްސެވެ. އޭގެ ތެރޭގައި ޖަޕަނީޒް ވެގިއު ބީފް، ބެލޫޖާ ކެވިއާ، އެލަސްކަން ކިންގް ކްރެބް އަދި ވައިޓް ޓްރަފްލް ފަދަ ބާވަތްތައް ހިމެނެ އެވެ.
ތައްޔާރުކުރަން ޖުމްލަ ނުވަ ގަޑިއިރު ނެގި "ދަ ގޯލްޑެން ބޯއި" ކައިލުމުގެ ފުރުސަތު ލިބުނީ ރޯޔަލް ޑަޗް ފުޑް އެންޑް ބެވަރެޖް އެސޯސިއޭޝަންގެ ޗެއާމަން ރޮބަޓް ވިލެމްޒީއަށެވެ.
ވީން މިހާރު އިންތިޒާރުކުރަނީ ގިނިސް ވޯލްޑް ރެކޯޑުން އޭނާގެ ބާގާ އަށް ރަސްމީކޮށް އެންމެ އަގުބޮޑު ބާގާގެ ސެޓްފިކެޓް ދޭނެ އިރަކަށެވެ. އެތަނުގެ ޓީމަކުން ބާގާ ރިވިއުކޮށްފައިވެ އެވެ.
ވީން ބުނީ އޭނާ އަދިވެސް ހުރީ "ދަ ގޯލްޑެން ބޯއި" ކަހަލަ އަގު ބޮޑު ބާގާ ތައްޔާރުކުރާ ގޮތަށެވެ.
"އެކަމަކު އެއީ ދެން އޯޑަރަށް. ޝައުގުވެރިވާ މީހަކު ހުރި ނަމަވެސް އިންސްޓަގްރާމުން މެސެޖްކޮށްލީމަ ކުރިއަށް ދާނެ." އޭނާ ބުންޏެވެ.
އެންމެ އަގުބޮޑު ފްރެންޗް ފްރައިޒް 200 ޑޮލަރަށް
މިއީ އެންމެ ލޯބި ޝެފް
ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖުގައި
ނަޖޫ ބޭނުމީ ސިންޑާއާ އެކު މުޅި މަންޒަރު ބަދަލުކޮށްލަން
ޝެފް އޮލިމްޕިއަޑްގައި ރާއްޖެއަށް ކާމިޔާބީއެއް ލިބިއްޖެ
މަންމަގެ ރެސިޕީ ފޮތުން ހައިރާތަށް އެހީ
އިންޑިއާގެ އިޑްލީ މިއޮތީ ޒަމާނީވެފައި!
"މާސްޓަ ޝެފް" ގެ ހޯސްޓަކަށް ތަމަންނާ
ޝިހާބު: ސައުދީގެ ދިވެހި ޝެފް
ތަފާތު އެއްޗެއް ކަންޏާ އައިސް ކްރީމް ބާގަ!