Roadha Mihaaru
އޮމްބަޑްސްޕާސަނަށް 35،000ރ. ދޭން ފާސްކޮށްފި

އޮމްބަޑްސްޕާސަންގެ މުސާރަ ކަނޑައެޅުން ކަންބޮޑުވުމަކަށް، އެކަމަކު 35،000ރ. ދޭން ފާސްކޮށްފި

17 މެއި 2020

ދައުލަތުގެ މުސާރަތައް ކުޑަކުރަމުން ދަނިކޮށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަށް މުސާރަ ކަނޑައަޅަން ޖެހުމާ މެދު ބައެއް މެމްބަރުންގެ ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު، އެ މަގާމަށް މަހަކު 35،000ރ. ދޭން ރައްޔިތުންގެ މަަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ މުސާރަތައް ކުޑަކުރަމުން ދަނިކޮށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަށް މުސާރަ ކަނޑައަޅަން ޖެހުމާ މެދު ބައެއް މެމްބަރުންގެ ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު، އެ މަގާމަށް މަހަކު 35،000ރ. ދޭން ރައްޔިތުންގެ މަަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ އަހަރު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން، އެ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރާ މިންވަރު ބެލުމަށް މިނިވަން މުސްތަގިއްލު މަގާމެއްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަނެއް ހުންނަން ޖެހޭނެ އެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު އެ މަގާމަށް އަދި ބޭފުޅަކު އައްޔަނެއް ނުކުރައްވަ އެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މުސާރަ ކަނޑައެޅުމާ މެދު ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީ އަށް ލަފާ ދިނީ އެހެން މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް ދޭ މިންވަރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 45،000ރ. ދިނުމަށެވެ.

"ތި މަގާމަށް މީހަކު ނުނަގައިގެން ރައްޔިތުން ނޫޅޭ ކަންބޮޑުވެގެންނެއް. ރައްޔިތުން ކަންބޮޑުވާނީ ރަށަށް ނުދެވިގެން، ލޯނު ނުލިބިގެން، މި ކަންކަން ނުވެގެން. އެހެންވީމާ މި ދަނޑިވަޅުގައި ސަރުކާރުން ތި މަގާމަށް މީހަކު ނަގައިފި ނަމަ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނީ،" ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

އެކަމަކު، އެ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، އެ މަގާމުގެ ޒިންމާތަކަށް ބަލާއިރު 45،000ރ. އަކީ މާ ބޮޑު އަދަދެއް ކަމަށެވެ. އެހެންވެ، މުސާރަ އަށް 25،000ރ. ދިނުމަށާއި އިތުރު އެލަވަންސްގެ ގޮތުގައި 10،000ރ. ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބު އަބްދުﷲ ތާއީދު ކުރެއްވުމުން، އެ ހުށަހެޅުން ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޚާއްސަ ފިޔަވަޅުތަކެއް އަޅަމުން ދަނިކޮށް، ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ޖެހުމުން. ކޮމިޓީގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެތައް ބައެއްގެ މުސާރަތައް ކުޑަ ކުރަމުން ދަނިކޮށް އޮމްބަޑްސްމަންގެ މަގާމަށް މުސާރަ ކަނޑަނޭޅިގެން އުޅެން ޖެހެނީ ކީއްވެގެންތޯ ވެސް ބައެއް މެމްބަރުން ސުވާލު ކުރެއްވި އެވެ.

"ތި މަގާމަށް މީހަކު ނުނަގައިގެން ރައްޔިތުން ނޫޅޭ ކަންބޮޑުވެގެންނެއް. ރައްޔިތުން ކަންބޮޑުވާނީ ރަށަށް ނުދެވިގެން، ލޯނު ނުލިބިގެން، މި ކަންކަން ނުވެގެން. އެހެންވީމާ މި ދަނޑިވަޅުގައި ސަރުކާރުން ތި މަގާމަށް މީހަކު ނަގައިފި ނަމަ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނީ،" ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.

ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، އެ މަގާމުގެ ޒިންމާތަކަށް ބަލާއިރު 45،000ރ. އަކީ މާ ބޮޑު އަދަދެއް ކަމަށެވެ. އެހެންވެ، މުސާރަ އަށް 25،000ރ. ދިނުމަށާއި އިތުރު އެލަވަންސްގެ ގޮތުގައި 10،000ރ. ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބު އަބްދުﷲ ތާއީދު ކުރެއްވުމުން، އެ ހުށަހެޅުން ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

އެހެން ބައެއް މެމްބަރުން ވެސް ވަނީ ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަށް މަގާމުތައް އުފައްދައި، މުސާރަތައް ދޭން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އާ މަގާމަށް މުސާރައެއް ދޭން ފެށުން ލަސް ކުރެވެން އޮތް ނަމަ، އެ ގޮތަށް އަމަލު ކުރުމަށް ވެސް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ގާނޫނެއްގެ ދަށުން އުފެދިފައި އޮތް މަގާމެއް ކަމަށް ވާތީ އެ މަގާމަށް މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ޒިންމާ އޮތީ މާލިއްޔަތު ކޮމިޓީ އަށް ކަމަށެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ މަޖިލީހުގެ އެހެން ކޮމިޓީއެއްގައި އެބައޮތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޮމްބަޑްސްޕާސަނަށް 35،000 ދޭން ފާސް ކުރިއިރު، ކޮވިޑް-19 އާ ގުޅިގެން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މަގާމުތަކުގެ މުސާރަތަކުގެ 20 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ. ބޮޑެތި މުސާރަ ލިބޭ އެހެން ބައެއް މަގާމުތަކުގެ މުސާރަތައް ވެސް ކުޑަކުރަން ވަނީ ނިންމައިފަ އެވެ.