Roadha Mihaaru
"23 ރަށެއްގައި އެކަށީގެންވާ ވަރަށް ޕީޕީއީ ނެތް"

23 ރަށެއްގައި އެކަށީގެންވާ ވަރަށް ޕީޕީއީ ނެތް: އެޗްއާރުސީއެމް

18 މެއި 2020

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ކޮވިޑް-19 އާ ގުޅޭގޮތުން މިމަހުގެ ކުރީކޮޅު މައުލޫމާތު ހިއްސާކުރި 27 ރަށެއްގެ ތެރެއިން 23 ރަށުގައި އެކަށީގެންވާ މިންވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ނެތް ކަމަށް އެޗްއާރުސީއެމުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ކޮވިޑް-19 އާ ގުޅޭގޮތުން މިމަހުގެ ކުރީކޮޅު މައުލޫމާތު ހިއްސާކުރި 27 ރަށެއްގެ ތެރެއިން 23 ރަށުގައި އެކަށީގެންވާ މިންވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ނެތް ކަމަށް އެޗްއާރުސީއެމުން މިއަދު ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް، ހެދި ދިރާސާއަށް ފަހު 23 ރަށެއްގައި އެކަށީގެންވާ ވަރަށް ޕީޕީއީ ނެތް ކަމަށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ. އެހެންވެ އެއީ ކޮން ރަށްތަކެއް ކަމެއް އަދި އެކަށީގެންވާ މިންވަރަށް ނެތުމޭ ބުނާ ސަބަބެއް ވެސް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19 މުޅި ރާއްޖެއަށް ފެތުރޭނެ ކަމުގެ ބިރު ހީވުމާއެކު ހެލްތު މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޕީޕީއީ ފޮނުވައިފަ އެވެ. އެ ކިޓްގެ ތެރޭގައި ހިމެނެނީ ރައްކާތެރިވުމުގެ ގޮތުން ލާ ހެދުމާއި އަޅާ މާސްކްގެ އިތުރުން އަންގި އާއި މޫނު ނިވާ ކުރަން އަޅާ ޝީލްޑެވެ. އޭގެ އިތުރުން ބޮލާއި ފައި ނިވާ ކުރަން ލައްވާ އުރަވެސް ހިމެނެ އެވެ.

"ރަށެއްގެ އާބާދީއަށް ބަލައި ފޮނުވާފައި އެބަހުރި [ޕީޕީއީ]. ދެން ބޮޑެތި ރަށްތަކަށް ލިބޭލެއް ގިނަވާނެ. މި ރަށަށްވެސް ބޭނުންވާ ވަރަށް އެބަހުރި،" ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އުތުރު ރަށެއްގެ ޓާސްކް ފޯހުގެ ވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި އެވެ.

އެޗްއާރުސީއެމްއިން ބުނީ މައުލޫމާތު ދިން 27 ރަށުގެ ތެރެއިން ހަތް ރަށެއްގައި މީހުން ކަރަންޓީން ކޮށްފައިވާއިރު ނުވަ ރަށެއްގައި ހޯމް އައިސޮލޭޝަންގައި މީހުން ބައިތިއްބާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަ ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައި ވެސް މީހުން ކަރަންޓީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އެކަށީގެންވާ މިންވަރަކަށް ކާބޯތަކެތި ނެތް ކަމަށް ދެ ރަށެއްގެ ކައުންސިލިން ވަނީ ބުނެފަ އެވެ. އަދި މަސް ދުވަހަށް ވާވަރަށް ކާބޯތަކެތި ނެތް ކަމަށް ނުވަ ރަށަކުން ބުނެފައިވާއިރު ކާބޯތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށް ހަ ރަށަކުން ބުނެފައިވެ އެވެ. ސަރުކާރުން ކަނޑައަޅައިފައިވާ ރޭޓަށް ވުރެ ބައެއް ތަކެތީގެ އަގު ބޮޑު ކަމަށް ދެ ރަށެއްގެ ކައުންސިލުން ބުނެފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

ރަށްރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންނަށް ކާބޯތަކެތި ލިބުން ދަތި ކަމަށް ތިން ރަށަކުން މައުލޫމާތު ދިން ކަމަށް އެޗްއާރުސީއެމުގެ ބަޔާނުގައިވެ އެވެ.

Covid-19: 88 percent meehunnah kaaboathakethi hoadhan dhathi: HRCM

Covid-19: 88 percent meehunnah kaaboathakethi hoadhan dhathi: HRCM

The most trusted news source in the Maldives

Mihaaru

ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކަށް ކާބޯތަކެތި ހޯދަން ދަތި ކަމަށް އެޗްއާރުސީއެމުން ބުނުން

އެ ބަޔާނުގައި ބުނިގޮތުގައި ގިނަ ރަށްރަށުގައި ވަނީ ބޯފެން ރައްކާކޮށްފަ އެވެ. އެކަމަކު ހަތަރު ރަށެއްގައި އެކަށީގެންވާ ވަރަށް ބޯފެން ރައްކާކުރެވިފައި ނެތް ކަމަށާއި ބައެއް ރަށްތަކުގައި މިނެރަލް ވޯޓާގެ އަގު ބޮޑުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ޖުމްލަ 334 މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް 14 ކައުންސިލަކުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމުން ކުރިން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން 53 ޕަސެންޓް މީހުންގެ ވަޒީފާ އަށް އަސަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 46 ޕަސެންޓް މީހުން މަސައްކަތް ކުރަނީ އަމިއްލަ ވިޔަފާރިތަކުގަ އެވެ. އަދި 25 ޕަސެންޓް މީހުން އަމިއްލަ މަސައްކަތެއްގައި އުޅޭއިރު 21 ޕަސެންޓް މީހުންނަކީ ދައުލަތުގެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހުންނެވެ.

ގޭގައި ތިބެގެން ތައުލީމް ހާސިލް ކުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގައި ކުދިންނަށް ފުރިހަމައަށް ބައިވެރި ނުވެވޭ ކަމަށް ހަތަރު ރަށަކުން ބުނެފައިވާއިރު ތިން ރަށަކުން ވަނީ އިންޓަނެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެފަ އެވެ.

އެޗްއާރުސީއެމުން ބުނީ އެ ދިރާސާއިން ފާހަގަވި ކަންކަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިފައިވާ ކަމަށެވެ.