Roadha Mihaaru
އާބާދީއަކީ 5 މިލިއަން، ކޮވިޑް-19 ގެ އެންމެ މީހެއް

ނިއު ޒީލެންޑް: އާބާދީ އަކީ ފަސް މިލިއަން، ކޮރޯނާވައިރަހުގެ އެންމެ މީހެއް

05 ޖޫން 2020

ވެލިންޓަން (ޖޫން 5) - ނިއު ޒީލެންޑުގެ ގާތްގަނޑަކަށް ފަސް މިލިއަން މީހުންގެ އާބާދީގެ ތެރޭން އެ ގައުމުގައި މިހާރު ހުރީ ކޮރޯނާވައިރަހަށް ޕޮޒިޓިވް އެންމެ މީހެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވެލިންޓަން (ޖޫން 5) - ނިއު ޒީލެންޑުގެ ގާތްގަނޑަކަށް ފަސް މިލިއަން މީހުންގެ އާބާދީގެ ތެރޭން އެ ގައުމުގައި މިހާރު ހުރީ ކޮރޯނާވައިރަހަށް ޕޮޒިޓިވް އެންމެ މީހެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ނިޒު ޒީލެންޑުގައި ހުރި ހަމައެނި ކޮވިޑް-19 ގެ ބަލި މީހާ ވެސް އޮތީ ހޮސްޕިޓަލުގައެއް ނޫނެވެ. އެ ގައުމުން ކޮރޯނާވައިރަހުގެ އާ ކޭސްއެއް ނުފެންނަތާ މިހާރު ޖެހިޖެހިގެން 13 ދުވަސްވެއްޖެ އެވެ. އެއްވެސް މަރެއް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ނިއު ޒީލެންޑުން ވަނީ ކޮރޯނާވައިރަހަށް 1,504 މީހުން ޕޮޒިޓިވްވެ 22 މީހުން މަރުވެފަ އެވެ. އެ ބަލިން ވަނީ 1,481 މީހުން ރަނގަޅުވެފަ އެވެ.

އެހެންވެ ސޯޝަލް ޑިސްޓެންސިން ފަދަ ފިޔަވަޅުތައް އުވާލުމަށް ފަހު، އަންނަ ހަފުތާ އިން ފެށިގެން ނިއު ޒީލެންޑް އާއްމު ހާލަތަށް ގެނެވޭނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ ފިޔަވަޅުތަކަށް ލުއިދީ އެލާޓް ލެވަލް އެކަކަށް ދަށްކުރުމާ މެދު ހޯމަ ދުވަހު ގޮތެއް ނިންމަވާނެ ކަމަށެވެ. ލޮކްޑައުން އެއްކޮށް އުވާލަން މިއުޅެނީ އެލާޓް ލެވެލް ހަތަރަކަށް މައްޖައްޗަށް ޖައްސައި، ގައުމު ލޮކްޑައުންކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އާއްމު ހާލަތަށް ގެނައުން ބިނާވާނީ ދާދި ފަހުން ލޮކްޑައުން އަށް ދިން ބޮޑު ލުޔާ ގުޅިގެން ކޮރޯނާވައިރަސް ކޭސްތައް އިތުރުވެފައިވާ މިންވަރެއްގެ މައްޗަށެވެ.

ނިއު ޒީލެންޑުގެ އެލާޓް ލެވެލް އެކަކަށް ދަށްކުރި ނަމަވެސް ގައުމުގެ ބޯޑަރު ހުޅުވާލުމުގެ ވިސްނުމެއް އަދި ނެތެވެ. ބޯޑަރު ހުޅުވާލައިފި ނަމަ އިމްޕޯޓެޑް ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު ބޮޑެވެ.