Roadha Mihaaru
ޖަޕާނުން ބޮޑު އެހީއެއް، މިފަހަރު 86.4 މިލިއަން

އަނެއްކާވެސް ޖަޕާނުން ބޮޑު އެހީއެއް، މިފަހަރު 86.4 މިލިއަން ރުފިޔާ

07 ޖޫން 2020

ޖަމާނުންސުރެ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ޖަޕާން، ސަރުކާރުން ރާއްޖެ އަށް 86.4 މިލިއަން ރުފިޔާގެ އެހީ މިއަދު ދީފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖަމާނުންސުރެ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ޖަޕާން، ސަރުކާރުން ރާއްޖެ އަށް 86.4 މިލިއަން ރުފިޔާގެ އެހީ މިއަދު ދީފި އެވެ.

މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، 10 ބެޑް ސައިޑް އެކްސްރޭ މެޝިނާއި 65 ބެޑްސައިޑް މޮނީޓަރާއި 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމާއި، 200 އޮޓޮމޭޓެޑް އެކްސްޓާނަލް ޑިފިބްރިލޭޓާސް އަދި 160 ސިރިން ޕަމްޕް ލިބޭނެ ކަމަށެވެ.

Japan in Raajje ah MVR 21.7 million ge hiley ehee dheefi

Japan in Raajje ah MVR 21.7 million ge hiley ehee dheefi

The most trusted news source in the Maldives

Mihaaru

ޖަޕާނުން މިދިޔަ މަހު 21 މިލިއަން ރުފިޔާގެ އެހީ ރާއްޖެއަށް ދިނުން

އެ އެހީތައް ދެއްވުމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ޖަޕާނުން ރާއްޖެއަށް ދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޖަޕާނުގެ އެއްބާރުލުން ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

މިދިޔަ މަހު ވެސް ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީ ރާއްޖެ އަށް ދީފަ އެވެ. އަދި ޔޫއެންޑީޕީ މެދުވެރިކޮށް، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީ ވެސް އެ ގައުމުން ވަނީ ރާއްޖެ އަށް ދީފަ އެވެ.

ރާއްޖެ އާއި ޖަޕާނަކީ ބައިނަލްއަގުވާމީ އެކިއެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރަމުން އަންނަ ރަހުމަތްތެރި ދެ ގައުމެވެ. ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ނޮވެންބަރު 14، 1967 ގަ އެވެ.

ރާއްޖޭގެ ތަރައްގީގެ ގިނަ ކުރިއެރުންތަކުގައި ޖަޕާނުގެ ހިއްސާ ވަރަށް ބޮޑެވެ. ރާއްޖޭގެ އުމްރާނީ، އިޖުތިމާއީ އަދި އިންސާނީ ވަސީލަތްތައް ބިނާ ކުރުމަށް ޖަޕާނުން ގިނަ އެހީތަކެއްވެފައިވެ އެވެ. ގިނަ ސްކޫލުތަކަކާއި ބަނދަރުތަކެއް އެ ގައުމުގެ ހިލޭ އެހީގެ ދަށުން ވަނީ ހަދައިފަ އެވެ. އަދި މަސްވެރިކަމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގައި ވެސް ޖަޕާނުގެ ހިއްސާ ބޮޑެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، އެކި ގައުމުތަކުންނާއި ޖަމިއްޔާތަކުން އަންނަނީ ރާއްޖެ އަށް އެހީ ފޯރުކޮށްދެމުންނެވެ. ތައިލެންޑާއި ސިންގަޕޫރުގެ ކުންފުނިތަކަކުން ވަނީ މެޑިކަލް ސާމާނުތަކެއް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އަދި އިންޑިއާ ސަރުކާރުންނާއި ބަންގްލަދޭޝް ސަރުކާރުގެ އިތުރުން ޗައިނާ އިން ވެސް ވަނީ މެޑިކަލް ސާމާނު ރާއްޖެ އަށް ފޮނުވައިފަ އެވެ.