އަޅުން ގެންގުޅުމާ ދެކޮޅަށް އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތުން ފާހަގަކުރާ ޖޫން 19 ޓްވިޓާގެ މުވައްޒަފުންގެ ރަސްމީ ބަންދު ދުވަހަކަށް ހަމަޖައްސައިފި އެވެ.
11 ޖޫން 2020
އަޅުން ގެންގުޅުމާ ދެކޮޅަށް އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތުން ފާހަގަކުރާ ޖޫން 19 ޓްވިޓާގެ މުވައްޒަފުންގެ ރަސްމީ ބަންދު ދުވަހަކަށް ހަމަޖައްސައިފި އެވެ.
މިކަމާ ބެހޭ ގޮތުން ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްވިޓާ އާއި އޭނާގެ ހިއްސާ އޮންނަ ސްކެއާގެ މުވައްޒަފުންނަށް މި އަހަރުގެ ޖޫން މަހުގެ 19 އިން ފެށިގެން ކޮންމެ އަހަރެއްގެ އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށެވެ. ޖެކް ސިފަކުރެއްވި ގޮތުގައި ޖޫން 19 އަކީ "ސެލެބްރޭޝަން، އެޑިއުކޭޝަން އަދި ކަނެކްޝަން" ގެ ދުވަހެކެވެ.
ޖޫން 19 އެމެރިކާގެ ކަޅު ނަސްލުގެ މީހުން ފާހަގަކުރަނީ ޖޫންޓީންތުގެ ގޮތުގަ އެވެ.
Both Twitter and Square are making #Juneteenth (June 19th) a company holiday in the US, forevermore. A day for celebration, education, and connection.https://t.co/xmR3fWMiRs
— jack (@jack) June 9, 2020
މި އަހަރު އެ ދުވަސް ކުރީގެ އަހަރުތަކަށް ފުޅާކޮށް އެމެރިކާގައި ފާހަގަކުރާނެ އެވެ. ސަބަބަކީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންތަކެއް އަނިޔާވެރި ގޮތަކަށް ކަޅު ނަސްލުގެ މީހަކު މަރައިލި މައްސަލައެއް ހޫނުވެ، އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ކަށަވަރުކުރަން ގޮވައިލާ އަޑުތައް މިއިން ޒަމާނަކު އަޑުގަދަ ނުވާ ވަރަށް ގަދަވެގެން ގޮސްފައި އޮތުމެވެ. ޖޫންޓީންތަކީ ފުރާވަރުގެ ކުދިންނަށް އެ މީހުންގެ އަމިއްލަ މިނިވަންކަން ލިބިދިނުމުގެ ގޮތުގައި ވެސް ފާހަގަކުރާ ދުވަހެކެވެ.
ޓްވިޓާ އިން އެ ކުންފުނީގެ މުވައްޒަފުންނަށް ޖޫން 19 ރަސްމީ ބަންދު ދުވަހަކަށް ހަމަޖެއްސީ ވެސް އެ ގޮވައިލުންތަކާ ބައިވެރިވުމުގެ ގޮތުންނެވެ. އެ ކުންފުނިން ބުނިގޮތުގައި މި ނިންމުންވެގެން ދާނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަޅު ނަސްލުގެ މީހުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި އަޅުން ގެންގުޅުން ފަދަ ކަންކަން ހުއްޓުވުމަށް ލިބޭނެ ހިތްވަރަކަށެވެ.
ޓްވިޓާގެ އިތުރުން އެމެރިކާގެ ދުންފަތް ކުންފުނި އަލްޓްރިއާ އިން ވެސް ވަނީ ޖޫން 19 އަކީ ކުންފުނީގެ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ޓްވިޓާގެ ސީއީއޯ އިސްތިއުފާ ދީފި
ޓްވިޓާގެ "ސްޕޭސެސް" އެންމެންނަށް ދޫކޮށްލައިފި
ޓްވިޓާ އެކައުންޓް ހޯދަން ޓްރަމްޕް އަމުރަކަށް އެދެފި
ޓްވިޓާ އެކައުންޓް ވެރިފައިކޮށްދިނުން ފަސޭހަ ކޮށްދީފި
ޓްވިޓާ ވެރިފައިކޮށްދިނުން އަލުން ފަށައިފި
ފުރައްސާރަކުރާ ޓްވިޓާ އެކައުންޓްތައް ބްލޮކްވާ ފީޗާއެއް
ޓްވިޓާ ވެރިފައިކޮށްދިނުން މަޑުޖައްސާލައިފި
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
ޓްވިޓާ އެކައުންޓަށް އަޅާ ފިޔަވަޅު އަންގާ ފީޗާއެއް