Roadha Mihaaru
ކުޅުދުއްފުށީ ހޮސްޕިޓަލް ބޮޑު ކުރަން ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި

10 ޖޫން 2020

އުތުރުގެ މައި ހޮސްޕިޓަލް ކަމަށްވާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އުތުރުގެ މައި ހޮސްޕިޓަލް ކަމަށްވާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް އެމްޓީސީސީން މިހާރު ފަށައިފައިވާއިރު އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 30 މިލިއަން ރުފިޔާ އަށް ހަ މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

އެ ޕްރޮޖެކްޓްގައި 30 އެނދުގެ ވޯޑެއް ދެ ބުރިއަށް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުން ހިމެނެ އެވެ. އޭގެ އިތުރުން ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމާއި ލެބޯޓްރީ އަޕްގްރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް އެތަން ބަދަލުކުރުން ވެސް ހިމެނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: އެއީ 30 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: އެއީ 30 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް

މި ސަރުކާރުގެ ވިސްނުމަކީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އިމާރާތް ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، އެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިހާރު ހުރި ފެންވަރަކުން އެކަމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައި ވަނީ، ކުޅުދުއްފުށީ އާ ހޮސްޕިޓަލް ވާނީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ހިދުމަތް ދޭ ތަނަކަށް ނޫން ކަމަށެވެ. ތިލަދުންމައްޗާއި ކުޅުދުއްފުއްޓާ ކައިރި ސަރަހައްދުތަކުގެ ހުރިހާ ރައްޔިތުންނަށް އެތަނުގެ އެހީ އާއި ހިދުމަތްތައް ލިބޭނެ ޕްލޭނެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Visnumakee Kulhudhuffushi gai aa Hospital eh elhun: Raees

Visnumakee Kulhudhuffushi gai aa Hospital eh elhun: Raees

The most trusted news source in the Maldives

Mihaaru

ވިސްނުމަކީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އެޅުން ކަމަށް ރައީސް ވިދާޅުވުން

ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ދާ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ކުރާތާ އެތައް ޒަމާނެވެ. އެކަށީގެންވާ ފަރުވާއެއް ނުލިބި، އެ ހޮސްޕިޓަލުގެ ހާލަތު ދިޔައީ ދަށަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. އާއި ހދ. އަދި ށ. އަތޮޅުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން އާންމުކޮށް މީހުން ގޮސް އުޅޭ ހޮސްޕިޓަލެވެ.

ކުރީގެ ރައީސް އަބްދުުﷲ ޔާމީންގެ ސަރުކާރުގައި ވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހިންގަން އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައިއާ) އަށް 50 އަހަރަށް ހަވާލުކުރި އެވެ. ނަމަވެސް އެ ކުންފުނީގެ ދެ ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުމުން އެންމެ ފަހުން އެތަން ހިންގަން ފެށީ ހެލްތު މިނިސްޓްރީންނެވެ.