Roadha Mihaaru
ފަހުން ލުއިދިނުމަށްޓަކައި މިހާރުގެ ހާލަތު ދަންމައިފި

ހޯމަ ދުވަހުގެ ފަހުން ލުއިދިނުމަށްޓަކައި މިހާރުގެ ހާލަތު ދަންމައިފި

11 ޖޫން 2020

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ލުއިތަކެއް ދިނުމަށް ނިންމައި އެކަމަކު މިހާރު ވެސް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު މިއަދުން ފެށިގެން ހަތަރު ދުވަހަށް އެޗްޕީއޭ އިން ދެންމެ ދަންމައިފި އެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ލުއިތަކެއް ދިނުމަށް ނިންމައި އެކަމަކު މިހާރު ވެސް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު މިއަދުން ފެށިގެން ހަތަރު ދުވަހަށް އެޗްޕީއޭ އިން ދެންމެ ދަންމައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައިވާ ގޮތުން، މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ދީފައިވާ ލުއިތަކާ ގުޅިގެން، ކޮވިޑް-19 ފެތުރުމުގެ ހާލަތަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށް، އަންނަ ހޯމަ ދުވަހުން ފެށިގެން ލުއިތައް ދޭން ރާވާފައިވާ ކަމަށެވެ. މިއީ މިހާރު ދީފައިވާ ލުއިތަކަށް ވުރެ އިތުރު ލުއިތަކެއް ކަން އެ އެންގުމުން އެނގެ އެވެ.

އެހެންވެ، މިހާރުގެ ހާލަތަށް ބަލައި، ހޯމަ ދުވަހުން ފެށިގެން އިތުރު ލުއިތައް ދޭން، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މިހާރުގެ ލޮކްޑައުންގެ ހާލަތު މިއަދުން ފެށިގެން ދަންމާފައިވާ ކަމަށް މައިނޫނާގެ އެންގުމުގައި ވެ އެވެ.

ޑީޖީ މައިމޫނާގެ އެންގެވުން

މާލެ ސަރަހައްދުގެ ލޮކްޑައުންގެ ހާލަތު ދަންމައިލުމުން، މަގުމަތީގައި އުޅެވޭނީ އަދިވެސް ހުއްދަ އޮންނަ މީހުންނަށެވެ. ދުއްވާފައި އުޅެވޭނީ ވެސް އެކަމަށް ހުއްދަ ދީފައިވާ ވެހިކަލްތަކެވެ. އެއާ އެކު ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ވެސް ނުދެވޭނެ އެވެ.

ކުރިން ދީފައިވާ ބައެއް ލުއިތައް:

- ޒަރޫރީ ބޭނުމަށް ބޭރުގައި އުޅުމަށް ދޫކުރާ ހުއްދަތައް އިތުރުކުރުން.

- އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހެއްގެ ފަތިހު 5 ން ހެނދުނު 8 އަށް ބޭރުތެރޭގައި އުޅުމުގެ ފުރުސަތު ދިނުން.

- ޓެކްސީތަކަށް ހުއްދަ ދިނުން.

- މާލެ އާއި ތިލަފުއްޓާ ދެމެދު މުދާ އުފުލުމަށް ހުއްދަ ދިނުން.

- ސިނާއީ މަސައްކަތްކުރާ މީހުން އެ ތަންތަނަށް ދިއުމާއި އެނބުރި ގެ އަށް ދިއުން.

- އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް އަމިއްލަ އޮފީސްތަކާއި ފިހާރަތައް ހުޅުވުން.

- ކޮންސްޓްރަކްޝަން މަސައްކަތްތައް ހުޅުވައިލުން.

- ބޭންކުގެ ޚިދުމަތް އިތުރުކުރުން.

- ސިއްހީ ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް އިތުރު ކުރުން.

މާލޭގެ ލޮކްޑައުންގެ ހާލަތަށް އިއްޔެ އިން ފެށިގެން ބޮޑު ލުޔެއް ދޭނެ ކަމަށް ކުރިން އެތައް ބަޔަކު އުންމީދު ކުރި ނަމަވެސް އެޗްޕީއޭ އިން މިރޭ ނިންމީ މުޅިން އެއާ ޚިލާފަށެވެ. އެކަން ރޭ އިއުލާން ކުރާނެ ކަމަށް އޭގެ ކުރީ ރޭގެ މީޑިއާ ބްރީފިންގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ނަމަވެސް އެ ބްރީފިން ވެސް ފަހު ވަގުތު ކެންސަލްކުރީ އެވެ.

އެނގިފައިވާ ގޮތުގައި، އިތުރު ލުއިދިނުން އިއުލާން ނުކުރެވި ލަސްވަނީ އެކަމުގައި ގޮތްތަކެއް ނިންމުމުގައި ކަމާ ގުޅޭ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެންނެވެ.