ބައިބޯ ސަރަހައްދުތަކުގައި ހުންނަ ކުދި ކުދި ތަންކޮޅޮކޮޅުގައި ގަސް ހެއްދުމުގެ އުސޫލު "އާބަން ގާޑެނިން" މާލޭގައި ކުރިއަށް ގެންދިއުމަށްޓަކައި އެކަމުގެ ނަމޫނާ ތައްޔާރުކުރަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ހުޅުވާލައިފި އެވެ.
14 ޖޫން 2020
ބައިބޯ ސަރަހައްދުތަކުގައި ހުންނަ ކުދި ކުދި ތަންކޮޅޮކޮޅުގައި ގަސް ހެއްދުމުގެ އުސޫލު "އާބަން ގާޑެނިން" މާލޭގައި ކުރިއަށް ގެންދިއުމަށްޓަކައި އެކަމުގެ ނަމޫނާ ތައްޔާރުކުރަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަމިއްލަ ބިމެއްގައި ނުވަތަ ޓެރެސްއެއް ފަދަ ތަނެއްގައި ވިޔަސް އާބަން ގާޑެނިންގެ މޮޑެލްއެއް ތައްޔާރުކުރަން ހުށަަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވައިލެވޭ ފަރާތްތަކަށް، މަސައްކަތަށް ބޭނުންވާ ތަކެތި ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
އާބަން ގާޑެނިން މޮޑެލްގައި ގަސްް ހައްދާ އިރު ބާރުގަދަ ވިހަ ކެމިކަލް އެކުލެވޭ (ގަސްކާނާގެ) ބާވަތްތައްް ބޭނުން ނުކުރުމަށާއި ގަސްކާނާގެ ގޮތުގައި ބޭނުންުކުރާނީ އޯގަނިކް ކަމަށް ވެސް ފިޝަރީޒް އެންޑް އެގްްރިކަލްޗާ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން ގޭބިސީތަކުން އުކާލާތަކެތި ބޭނުންކޮށްގެން ގަސްކާނާ ތައްޔާރުކުރުމަކީ ވެސް ގާޑެނިން ޕްރޮގްރާމްގެ ބައެއް ކަމަށް ވަަނީ ކަނޑައަޅައިފަ އެވެ.
އެކަމަށް ބިމެއް ނުވަތަ ޓެރެސްއެއް ތައްޔާރު ކުރުމުގައި ބަލާނެ ކަންތައްތަކެއް އިއުލާނުގައިވެ އެވެ.
- ބިމަށް ނުވަތަ ޓެރެސްއަށް ވަދެނުކުމެ އުޅުމަށް ފަސޭހަ މިންވަރު
- ސަލާމަތީ ކަންތައްތައް ބަލަަހައްޓާ މިންވަރު
- މޮޑެލް އާއްމުންނަށް ދައްކައި ޕްރޮމޯޓްކުރުމުގެ މަސައްކަތަށް ޖާގަ އޮތް މިންވަރު
- މޮޑެލް ގާއިމްކުރަން ވެރިފަރާތުން ބައިވެރިވާނެ މިންވަރު
- މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިމާ ހޯދަން އަވަށްޓެރިންނަށް ފުރުސަތު ދޭނެ މިންވަރު
- ލޮނުގެ އަސަަރުކުރާ މިންވަރާއި އަވި ލިބޭ މިންވަރު
އާބަން ގާޑެނިންގެ މަސައްކަތް ކުރަން ނަމޫނާއެއް ތައްޔާރުކުރަން ސަރުކާރުން މަސައްކަތް ފަށާފައި މިވަނީ ކޮވިޑް-19 އާ ހެދި އެޅި ފިޔަވަޅުތަކާ ގުޅިގެން ފުޑްސެކިއުރިޓީއާ މެދު މުޅި ދުނިޔޭގައި ވެސްް ބަހުސްކުރަމުން އަންނަ ވަގުތެެއްގަ އެވެ. ދިރިއުޅޭ ތަނުގައި ގަސް ހައްދައިގެން ކާނާ ހޯދުމަށް ކުރާ މަސައްކަތް މިހާރު ވަނީ ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ މަސައްކަތް ކުރިއަަރުވަން ބައެއް ވިޔަފާރިތަކުން ވެސް އަންނަނީ ޕްރޮމޯޝަންތައް ހިންގަމުންނެވެ.
ކުއްޔާނުލައި 3 އަހަރަށް ދަނޑުވެރިކަމަށް ބިންދޫކުރަނީ
ބަނބުކެޔޮ: ކާނާ ޔަގީންކުރަން ކުޑަ މިންވަރެއް
ގަދަ ފެހިކަމާއި ފަހިކަން: ޣާލިބާގެ ލޯތްބާ އެކު!
ފަޅުރަށްތައް ކުއްޔަށް ދިނުން މަޑުޖައްސާލައިފި
ކެރެލާއިން ރާއްޖެއަށް 5،000 ރުއް ގެނެސްފި
ގަސްތަކަށް ޖެހޭ "ކަޅުކޫޑި ބަލި" އެންމެ ގިނައީ އުތުރުގައި
ތުނބުރި އެންމެ ފަހުން ދަނޑުވެރިކަމަށް ދޫކޮށްފި
"ދިވެހި އަލަ" ނެތިދަނީ، ހައްލު އެފްރިކާއިން؟
ކާށިހުޅުދޫ އަތުލި މައްސަލާގައި ބަދަލު ދޭކަށް ނުޖެހުނު
މާލޭ ގޭގައި ގަސްހައްދާ މީހުންނަށް އެމްއައިގެ ތަމްރީނެއް