Roadha Mihaaru
"އެހެން ގައުމުތަކުން ރުފިޔާއިން ވިޔަފާރި ކުރެވިދާނެ"

ދިވެހި ރުފިޔާ އިން ކައިރި ގައުމުތަކުން ވިޔަފާރި ކުރާ ގޮތް ހެދިދާނެ: ޝަރީފް

17 ޖޫން 2020

ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައި ގަތުމަށް، ރާއްޖެ އަށް ޑޮލަރު ވަރަށް މުހިންމު ކަމަށާއި މި ހާލަތުގައި ދިވެހި ރުފިޔާ އިން އަވައްޓެރި ގައުމުތަކުން ވިޔަފާރި ކުރާ ގޮތް ހެދުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައި ގަތުމަށް، ރާއްޖެ އަށް ޑޮލަރު ވަރަށް މުހިންމު ކަމަށާއި މި ހާލަތުގައި ދިވެހި ރުފިޔާ އިން އަވައްޓެރި ގައުމުތަކުން ވިޔަފާރި ކުރާ ގޮތް ހެދުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އަށް ހާއްސަ ކޮށްގެން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަންސެޓް ގާނޫނަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ، ރާއްޖެ އަށް މިހާތަނަށް އެކި ގޮތްގޮތުން ލިބިފައިވަނީ 400 މިލިއަން ޑޮލަރު ކަމަށާއި އެވަރަކުން ނުފުދޭ ކަމަށެވެ. އެހެންވެ، މި ހާލަތުން އަރައި ގަތުމަށް އެންމެ ކުޑަވެގެން 1.5 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ޑޮލަރުން ބޭނުންވާނީ ވެސް، ރާއްޖޭގެ ރުފިޔާ އަކީ އޭގެ ޒާތުން ބަލާއިރުގައި ބޭރު ގައުމުތަކުގައި ވިކޭ އެއްޗަކަށް ނުވާތީ. އަވައްޓެރި ގައުމުތަކާ ވާހަކަ ދައްކައިގެން ދިވެހި ރުފިޔާ އިން މި ހާލަތްތަކުގައި ވިޔަފާރި ކުރެވޭނެ ގޮތް އަޅުގަނޑުމެންނަށް ހެދިދާނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އެބައޮތް،" އިގްތިސާދީ ކަންކަން ދިރާސާ ކުރައްވާ އަދި އެއް ދުވަސްވަރެއްގައި މާލޭގައި އެންމެ ގިނަ ފިހާރަ ހިންގެވި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމާއި އެތައް ދުވަހަކު ލޮކްޑައުންގައި ތިބެން ޖެހުމުން ރާއްޖޭގެ އިގްތިސާދަށް ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެހެން ކަމުން އެކަންކަމުން އަރައިގަނެވޭނެ ގޮތް ބިލުގައި ހިމަނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް އެހީތެރިވުމަށް ސަރުކާރުން ހުރިހާ ހަރަދެއް ކުރުމުގެ ބަދަލުގައި އެކަމަށް ފަންޑެއް ހުޅުވަން ޖެހޭ ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ. ރައްޔިތުންނަށްޓަކައި ދީލަތި އެހީވާން ތިބި މީހުން ރާއްޖޭގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ކުރެވޭނީ އެކަމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދައި ދެވިގެން. އިންވެސްޓްމަންޓް ހޯދާނެ ގޮތް މި ގާނޫނުގައި ފަހިކޮށް ސަރުކާރަށް އެ ފުރުސަތު ހޯދައި ދިނުމަކީ މި މަޖިލިސް އިން ކުރައްވަން ޖެހޭނެ ކަމެއް. މި ގާނޫނަށް އެބައި ވެސް އިތުރު ކުރަން ޖެހޭ،" ސަރުކާރުގެ ނިންމުންތަކަށް ތާއީދު ކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.

އެ ބަހުސްގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުގައި ކަމަށެވެ. އިގުތިސާދު ކޮޅަށް ޖެހުމަށްޓަކައި ވެލާނާ އިންޓަލޭޝަނަލް އެއާޕޯޓް ހުޅުވޭނެ ދުވަހެއް އިއުލާން ކުރަންޖެހޭ ކަމަށް ގަފޫރު ވިދާޅުވި އެވެ.

"ރާއްޖޭގެ މައި ވައިގެ ބަނދަރު ހުޅުވާ ދުވަހެއް މިހާރުން މިހާރަށް އިއުލާން ކުރަން ޖެހޭ އިއްޒަތްތެރި ރައީސް. އެއީ ވަރަށް މުހިންމު ކަމެއް. ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިން އެބަތިބި އިއްޒަތްތެރި ރައީސް. އެ ބޭފުޅުންނަށް ރާއްޖޭގެ އެއާޕޯޓް ހުޅުވޭނެ ދުވަހެއް އެނގުނީމާ އެބޭފުޅުން ނިންމަން ޖެހޭ ކަންކަން ނިންމޭނީ،" ގަފޫރު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމާއި އެތައް ދުވަހަކު ލޮކްޑައުންގައި ތިބެން ޖެހުމުން ރާއްޖޭގެ އިގްތިސާދަށް ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެހެން ކަމުން އެކަންކަމުން އަރައިގަނެވޭނެ ގޮތް ބިލުގައި ހިމަނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިހާރު މި އޮތްގޮތުން ކުރިއަށް އޮތް ހަ މަސް ދުވަހު ވެސް ރާއްޖޭގެ އިގްތިސާދަށް މަހަކު 200 މިލިއަން ރުފިޔާ ވެސް ނުވަންނާނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް އެހީތެރިވުމަށް ސަރުކާރުން ހުރިހާ ހަރަދެއް ކުރުމުގެ ބަދަލުގައި އެކަމަށް ފަންޑެއް ހުޅުވަން ޖެހޭ ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ. ރައްޔިތުންނަށްޓަކައި ދީލަތި އެހީވާން ތިބި މީހުން ރާއްޖޭގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ ފަންޑެއް ހުޅުވައިގެން އެ ފަންޑުގެ އެހީގައި އަޅުގަނޑުމެންނަށް މީގެން ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެއްޔާ އޭގެން ސަރުކާރަށް އެތައް ލުއިތަކެއް ލިބިގެން ދާނެ. އަޅުގަނޑުމެންނަށް ބިލް ފާސް ކުރެވިދާނެ. އެކަމަކު ބިލަށް ހަރަދު ކުރަން ފައިސާ ވަންނާނެ ގޮތް ތަކެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ،" ގަފޫރު ވިދާޅުވި އެވެ.

މަޖިލީހުގެ ޒިންމާއަކީ ބިލް ފާސްކޮށް، ހަރަދު ކުރުމުގެ ޒިންމާ ސަރުކާރުގެ ބޮލުގައި އެޅުވުން ނޫންކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.