Roadha Mihaaru
ސިޓިން ރޫމްތަކުގައި ޕްރީ ސްކޫލު އެބަ ހިންގާ: އާތިޔާ

ސިޓިން ރޫމްތަކުގައި ޕްރީ ސްކޫލު އެބަ ހިންގާ: އެޑިއުކޭޝަން މިނިސްޓްރީ

21 ޖޫން 2020

ގޭގޭގެ ސިޓިން ރޫމްތަކުގައި ޕްރީ ސްކޫލު ހަދައިގެން ހިންގާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގޭގޭގެ ސިޓިން ރޫމްތަކުގައި ޕްރީ ސްކޫލު ހަދައިގެން ހިންގާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމާ ބެހޭ ބިލް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ، ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރާއިރު، އެކަމަށް ޝަރުތުތަކެއް ކަނޑައަޅާފައި އޮތް ކަމަށް ވިޔަސް އެއާ ޚިލާފަށް ބައެއް ކަންކަން ކުރިއަށް ދާ ކަމަށެވެ. އޭގެ މިސާލަކަށް އޭނާ ނެންގެވީ، މާލޭގައި ހިންގާ ބައެއް ޕްރީ ސްކޫލުތަކެވެ.

އާތިޔާ ވިދާޅުވީ، ވިދާޅުވީ "ކުދިކުދި ތަންތަންކޮޅު" ގައި ޕްރީ ސްކޫލު ހިންގަމުންދާ ކަމަށެވެ.

"ޕްރީ ސްކޫލެއް ވިއްޔާ ޕްލޭ އޭރިޔާއެއް އޮންނަން ޖެހޭ. ކޯނާތަކެއް ވެސް ހުންނަން ޖެހޭ. އެ ކަހަލަ ބައިވަރު ކަންތައްތަކެއް އޮވެގެން ޕްރީ ސްކޫލު ފުރިހަމަ ވަނީ. އެހެން ނަމަވެސް ސިޓިން ރޫމެއްގައި ރަޖިސްޓަރީ ކޮށްލައިގެން އެބަ ހިންގާ ޕްރީ ސްކޫލެއް،" ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އާތިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕްރީ ސްކޫލެއް ނުވަތަ ޕްރައިމަރީ ސްކޫލެއް ހިންގި ނަމަވެސް އެތަނުގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެ އެވެ.

ތައުލީމާ ބެހޭ ބިލް، ގާނޫނަކަށް ވެ، އެ ގެޒެޓުކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި، ސްކޫލުތައް ފިޔަވައި އެހެން ތަންތަން ރަޖިސްޓަރީ ކުރަން ޖެހެ އެވެ. އޭގައި ހިމެނެނީ، ޑޭކެއާ، ޗައިލްޑް ކެއާ، ބޭބީ ނާސަރީ، ނާސަރީ އަދި ޕްރީ ސްކޫލު ފަދަ ތަންތަނެވެ.

ޕްރީ ސްކޫލެއް ވިއްޔާ ޕްލޭ އޭރިޔާ އެއް އޮންނަން ޖެހޭ. ކޯނާތަކެއް ވެސް ހުންނަން ޖެހޭ. އެ ކަހަލަ ބައިވަރު ކަންތައްތަކެއް އޮވެގެން ޕްރީ ސްކޫލު ފުރިހަމަ ވަނީ. އެހެން ނަމަވެސް ސިޓިން ރޫމެއްގައި ރަޖިސްޓަރީ ކޮށްލައިގެން އެބަ ހިންގާ ޕްރީ ސްކޫލެއް.-- އާތިޔާ

ތައުލީމާ ބެހޭ ބިލް، ގާނޫނަކަށް ވުމުގެ ކުރިން ހިންގަމުން އަންނަ ތަންތަން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި އަލުން ރަޖިސްޓަރީ ކުރަން ޖެހެ އެވެ. ރަޖިސްޓަރީ ނުކޮށް ހިންގަމުން ދިޔަ ޕްރީ ސްކޫލުތައް، ތައުލީމާ ބެހޭ ބިލަށް އަމަލުކުރާތާ ހަ މަސް ތެރޭގައި ރަޖިސްޓަރީކުރަން ޖެހެ އެވެ.

އާތިޔާ ވިދާޅުވީ ތައުލީމާ ބެހޭ ބިލް ގެޒެޓުކުރާތާ ވަކި ދުވަހެއްގެ ތެރޭގައި އަލުން ރަޖިސްޓަރީ ކުރާއިރު، އެޑިއުކޭޝަން މިނިސްޓްރީ އަށް އެ ބާރު ދިނުމުން ހުރިހާ ޝަރުތުތަކެއް ހުންނަ ތަންތަނަށް އޭރަށް ފުރުސަތު ދޭނެ ކަމަށެވެ.