މަޖިލިސް ކައިރީގައި މިއަދު ނަވާނަވައިން ބޭއްވި އެއްވުން ފުލުހުން ރޫޅާލުމުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މޫސާ ސިރާޖާއި އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
22 ޖޫން 2020
މަޖިލިސް ކައިރީގައި މިއަދު ނަވާނަވައިން ބޭއްވި އެއްވުން ފުލުހުން ރޫޅާލުމުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މޫސާ ސިރާޖާއި އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ނަވާނަވައި ޖަމިއްޔާއިން "މަޖިލިސް ހޭލައްވާ"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް މިއަދު ހެނދުނު ވަނީ އެއްވެފަ އެވެ. އެކަމަކު ފުލުހުން ވަނީ އެ މީހުން މަޖިލިސް ކައިރިން ފަހަތަށް ޖައްސައިފަ އެވެ.
ނަވާނަވައިގެ އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެ ޖަމިއްޔާއިން ކޮށްފައިވާ ޓުވީޓެއް ރިޓްވީޓްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ހިޔާލު ފާޅުކުރަން ނިކުތީމަ އެކަމަށް ހުރަސްއަޅައިގެން ނުވާނެ ކަަމަށެވެ.
"އޭރު ވެސް މިހާރު ވެސް އަޅުގަނޑު މިކަމާ [ހިޔާލު ފާޅުކުރުން ހުއްޓުވުމާ] ދެކޮޅު. ހިޔާލު ފާޅުކުރަން ނިކުތީމާ އެކަމަށް ހުރަސްއަޅައިގެން ނުވާނެ. ބާރުގެ ބޭނުން ކުރަންޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފަ އޮންނަ ހާލަތުގަ އެކަނި،" މޫސާ ސިރާޖު ވިދާޅުވި އެވެ.
އޭރުވެސް މިހާރުވެސް އަހަރެން މިކަމާ ދެކޮޅު. ހިޔާލު ފާޅުކުރަން ނިކުތީމާ އެކަމަށް ހުރަސްއަޅައިގެން ނުވާނެ.
— Moosa Siraj (@MoosesSiraj) June 22, 2020
ބާރުގެ ބޭނުން ކުރަންޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފަ އޮންނަ ހާލަތުގަ އެކަނި. https://t.co/YfZqRZlxKn
މި އެއްވުން ރޫޅާލުމަށް ފަހު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވެސް ވަނީ މި ހާލަތުގައި އެއްވުމުގެ ބަދަލުގައި ހިޔާލުފާޅުކުރުމަށް އެހެން ގޮތެއް ހޯދުމަށް އިލްތިމާސްކުރައްވައިފަ އެވެ. ފައިރޫޝްގެ ޓުވީޓް ރިޓުވީޓް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ލޮކްޑައުން ނޫން ހާލަތްތަކުގައި އެއްވެއުޅުމުގެ ހުއްދަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހުއްދަ ދޭން ވާނީ ގައިދުރުކުރުމާއި މާސްކު އެޅުން ފަދަ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ލިބެން ޖެހޭނެ އެއްޗެއް ކަމަށާއި އެއްވުން ހުއްޓުވުމުގެ ބަދަލުގައި ރައްކާތެރި ގޮތަކަށް އެއްވާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި ފުލުހުން އެ ފުރުސަތު ދިން ނަމަ މާ ރަނގަޅުވީސް ކަމަށެވެެ.
As long as we aren’t in lockdown, I believe demonstrations shud b allowed, with social distancing, masks & whatever guidelines HPA provides. Freedom of expression & assembly is a constitutional right. Wud’ve been better if police provided a guideline 2follow 4protesting safely. https://t.co/pja5AJ04Hh
— ?? ??????? ???? ? (@Roxeyna) June 22, 2020
ރޮޒައިނާ މިހެން ވިދާޅުވި ނަމަވެސް މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާ އެކު އިއުލާން ކުރި ލޮކްޑައުން އަދި އުވާލައިފަ އެއް ނުވެ އެވެ. ލޮކްޑައުން އަށް ދީފައި ވަނީ ބޮޑެތި ލުއިތަކެކެވެ. އެޗްޕީއޭއިން ހާއްސަ އުސޫލުތަކެއް ކަނޑައަޅާ އާންމުކޮށްފައިވާއިރު މި ދުވަސްވަރު މަގުމަތީގައި މާސްކު ނާޅާ އުޅުމާ ތިން ފޫޓަށް ވުރެ ކައިރީގައި ތިބުމާއި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއް ތަނަކަށް އެއްވުމަކީ އުސޫލާ ހިލާފް ކަންކަމެވެ. އެފަދަ ކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނަވާނަވައިގެ އެއްވުން ބާއްވާނެ ކަން މިދިޔަ ހަފްތާގައި އިއުލާން ކުރި އިރު އެ މީހުން ބުނީ އެއްވުން ބާއްވާނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެންމެން ވެސް ތިބޭނީ ތިން ފޫޓު ދުރުގައި ކަމަށް ބުނެފައި ވެއެވެ.
ތޫނު އަޑު ފޮނުވާ ހަތިޔާރެއް ބޭނުންކުރުމުން ކަންބޮޑުވުން
މަގުތަކުގައި އެއްނުވެ ހިޔާލުފާޅު ކުރޭ: ފައިރޫޝް
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!
އިދިކޮޅު ޖަލްސާއަށް ފުލުހުން މަގު ބަންދެއް ނުކޮށްދިން
އިދިކޮޅު ޖަލްސާއަށް ފަނޑިޔާރުމަގު ބަންދުކޮށްދޭން އެދެފި
ނިޔާޒް ހައްޔަރުކުރީ ޕާޓީގެ ހިންގުމަށް ހުރަސް އެޅުމަށް
އެެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުން ނުބޭއްވޭނެ:ޕޮލިސް
ނޮވެމްބަރު 17 ގައި އެމްޑީޕީ އަނެއްކާވެސް މުޒާހަރާއަށް
މުޒާހަރާއިން ހައްޔަރުކުރި ހަތް މީހަކު ބަންދަށް
ސިޔާސީ ބަދަލު އަންނަން ޖެހޭނީ ވޯޓުން: ޕީއެންސީ