ރ. މަޑުއްވަރީގައި ހަރުކަށި ފިކުރުުގެ މީހުން އުޅޭ މައްސަލާގައި ސިފައިންނާއި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް އަނެއްކާ ވެސް ފަށައިފި އެވެ.
23 ޖޫން 2020
ރ. މަޑުއްވަރީގައި ހަރުކަށި ފިކުރުުގެ މީހުން އުޅޭ މައްސަލާގައި ސިފައިންނާއި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް އަނެއްކާ ވެސް ފަށައިފި އެވެ.
އެ ރަށުން "މިހާރު" އަށް މައުލޫމާތު ދިން މީހަކު ބުނީ ފުލުހުން އެ ރަށަށް ދިޔައީ މިއަދު ކަމަށެވެ. އެ މީހާ ބުނިގޮތުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ މީގެ ކުރިން ވެސް ފުލުހުންގެ އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވާ ގެއެއްގެ ކައިރީގަ އެވެ.
މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރ. މަޑުއްވަރީގައި ހަރުކަށި ފިކުރުގެ މީހުންނާ ގުޅޭ މައްސަލައެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ފުލުހުންނާއި ސިފައިންގެ ވަރުގަދަ އޮޕަރޭޝަނެއް ވަނީ ހިންގައިފަ އެވެ. މި މައްސަލަ ފެންމަތިވީ ލަނޑާ ނަގަން ދިޔަ މަޑުއްވަރީގެ ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި ކަނޑަށް އެއްލާލި މީހަކު ފަތާފައި ގޮސް އއ. މާޅޮހަށް އެރި ހިސާބުންނެވެ.
މި މައްސަލަ ބެލުމުގެ ތެރެއިން ފުލުހުން ވަނީ އެ ރަށުން ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ. އަދި އެ ރަށުގައި ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނާ ގެތައް ފާހަގަކޮށް އެގެތައް ބަލައި ފާސް ވެސް ކޮށްފައި ވެއެވެ.
ހަރުކަށި ފިކުރުގެ މައްސަލަތަކުގެ ތެރެއިން މި އަހަރުގެ ފެބްރުއަރީ މަހު ވެސް ހުޅުމާލޭގައި ވަޅީގެ ހަމަލާއެއް ދީފައި ވެއެވެ. އެ މައްސަލާގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެއީ މަޑުއްވަރީ މައްސަލައިގަ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާ އެކެވެ. މިކަމުގައި ހައްޔަރު ކުރި އަށް މީހުން ދައުވާ ކުރުމެއް ނެތި ދޫކޮށްލާފައި ވާއިރު އެ މީހުން ގައިގައި ވަނީ ޓްގް އަޅުވައިފަ އެވެ.
ހަރުކަށި ފިކުރުގެ "ބޮޑެއް" އަނެއްކާވެސް ހައްޔަރުކޮށްފި
ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ބަންދަށް
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ހަމަލާގެ ބައިވެރިން އޮޅުވާލައިގެން އިމްކަމް ސަޕޯޓް ހޯދި
ބޮން ގޮއްވި އަދުހަމް ކޯޓުގައި ކުށަށް އިއުތިރާފުވި
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
ހަމަލާގެ ތަހުގީގު ހަރުކަށި ފިކުރަށް އެކަނި އަމާޒުނުކުރޭ
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ޖަލުގައި ފަށައިފި
ޓެރަރިޒަމްގެ ތުހުމަތުކުރެވޭ ނަމަ ހައްގުތައް ހަނިކުރަނީ