Roadha Mihaaru
މޫނު ރީތިކޮށްލަން އެލޯ ވެރާ ކިއުބް

މޫނު ރީތިކޮށްލަން އެލޯ ވެރާ ކިއުބް

25 ޖޫން 2020

އެލޯ ވެރާގެ ފައިދާތައް ވަރަށް ގިނަ އެވެ. މިއީ ރީތިވާން ބޭނުންކުރާ އެއްޗެހި އުފައްދަން އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. އޭގެ ތެރޭގައި ހަންގަނޑަށް ބޭނުންވާ އުފެއްދުންތަކާއި އިސްތަށިގަނޑަށް ހާއްސަ އުފެއްދުންތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެލޯ ވެރާ އިން އެކި ކަހަލަ ކާނާތަކާއި ބުއިންތައް ވެސް ތައްޔާރުކުރެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެލޯ ވެރާގެ ފައިދާތައް ވަރަށް ގިނަ އެވެ. މިއީ ރީތިވާން ބޭނުންކުރާ އެއްޗެހި އުފައްދަން އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. އޭގެ ތެރޭގައި ހަންގަނޑަށް ބޭނުންވާ އުފެއްދުންތަކާއި އިސްތަށިގަނޑަށް ހާއްސަ އުފެއްދުންތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެލޯ ވެރާ އިން އެކި ކަހަލަ ކާނާތަކާއި ބުއިންތައް ވެސް ތައްޔާރުކުރެ އެވެ.

އެލޯ ވެރާ އަކީ ފަސޭހައިން ގޭގައި ވެސް ހެއްދިދާނެ އެއްޗެކެވެ. ޕޮޓެއްގައި އިންދައިލުމުން އިތުރަށް މާ ބޮޑު މަސައްކަތެއްކުރަން ނުޖެހި މި ގަސް ހެދޭނެ އެވެ. އެހެންވެ އެލޯ ވެރާ ގަހެއް ހޯދާފައި ބަހައްޓާށެވެ. އެތައް ކަމަކަށް ބޭނުންކޮށްލެވޭނެ އެވެ.

މި ކިޔައިދެނީ އެލޯ ވެރާ އިން ހަންގަނޑު ރީތިކޮށްލެވިދާނެ ފަަސޭހަ ގޮތެކެވެ. ހާއްސަކޮށް މޫނުގެ ހަނގަޑެވެ. މިއަށް ބޭނުން ވަނީ ވެސް ހަމައެކަނި އެލޯ ވެރާ ފަތެވެ.

އެންމެ ފުރަތަމަ، އެލޯ ވެރާ ފަތެއް ކަނޑާލާފައި ރަނގަޅަށް ދޮވެލާނީ އެވެ. ދެން ފަތުގެ ދެ އަރިމަތީގައި ކަށިތައް ހުންނަ ބައިތައް ވަޅިއަކުން ރީތިކޮށް ވަކިކޮށްލާށެވެ. ދެން ފަތުގެ މަތީގެ ފަށަލަ ވެސް ދުއްވައިލާނީ އެވެ. އޭރުން ފަތުގެ ތެރޭގައި އިންނަ ޖެލްގަނޑު ވަރަށް ރީތިކޮށް ފެންނަން އޮންނާނެ އެވެ.

ކުދިކޮށް ކިއުބް ގޮތަށް ފަތް ކޮށާލާފައި ވަތުތައްޓެއް ކަހަލަ އެއްޗެއްގެ މަތީގައި އަތުރާލާފައި ފްރިޖްގައި ގަނޑުކޮށްލާނީ އެވެ. ތައްޓަކަށް ކޮށާފައި ހުރި އެލޯ ވެރާ އެޅުމުގެ ކުރިން ތަތްވިޔަ ނުދިނުމަށް ތަށީގައި ފޮއިލް އޮޅާލައިފި ނަމަ، ބޭނުންކުރާ އިރު ނަގަން ފަސޭހަވާނެ އެވެ.

އެލޯ ވެރާ.

އެލޯ ވެރާ.

ދެން އޮތީ މި ބޭނުން ކުރުމެވެ. ގަނޑުކުރުމަށް ފަހު މަޑުމަޑުން މޫނުގެ ހުރިހާ ހިސާބެއްގައި އެލޯ ވެރާ ކިއުބްތައް އުނގުޅާނީ އެވެ. މިސާލަކަށް، ރޭގަނޑު ނިދުމާ ގާތްކޮށްފައި އުނގުޅާ ނަމަ، އުނގުޅާ ގޮތަށް ހެނދުނު ވަންދެން ބެހެއްޓިދާނެ އެވެ. އަދި މިއީ ދުވާލަކު ދެތިން ފަހަރު ވެސް ބޭނުންކޮށްލެވިދާނެ އެއްޗެކެވެ. އުނގުޅާފައި ވީހާ ވެސް ގިނައިރު ބަހައްޓާފައި ދޮވެލާނީ އެވެ.

އޭރުން މޫނަށް ތާޒާކަމާއި އުޖާލާކަން އަންނާނެ އެވެ. ގަވައިދުން ބޭނުންކުރަން ފެށުމުން މޫނުމަތިން ތަފާތު ފެންނަންފަށާނެ އެވެ. އަދި މިއީ މޫނުގެ އިތުރަށް ކަނދުރާ އާއި ހަށިގަނޑުގެ އެހެން ތަންތަނުގައި ވެސް އުނގުޅަން ރަނގަޅު އެއްޗެކެވެ.