Roadha Mihaaru
ޝަރީއަތްތައް ލަސްވަނީ ހެކިނުނަގާތީ:ޖޭއެސްސީ

ޝަރީއަތް ލަސްވަނީ ހެކި ނެގުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުން: ޖޭއެސްސީ

01 ޖުލައި 2020

ޝަރީއަތްތައް ނުނިމި އިންސާފު ލިބުން ލަސްވަނީ ހެކި ނެގުމުގައި ކޯޓުތަކުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޝަރީއަތްތައް ނުނިމި އިންސާފު ލިބުން ލަސްވަނީ ހެކި ނެގުމުގައި ކޯޓުތަކުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި އެ ސިޓީގައި ބުނެފައި އޮތީ މައްސަލަތައް ދިގުލައިގެންް ދަނީ ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުގެ ސަބަބުންކަން ކޮމިޝަނަަށް އެނގުނީ މައްސަލަތައް ލަސްވަނީ ކީއްވެތޯ ބަލަން ކުރި މަސައްކަތުންނެވެ. ހެކިބަސް ދޭން މީހުން ކޯޓަށް ހާޒިރު ނުވާ ހާލަތްތަކުގައި ކޯޓު އަމުރެއްގެ ދަށުން މީހުން ހާޒިރު ކުރެވެން އޮތް ނަމަވެސް، ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް މީހުން ބުނުމުން ކްރިމިނަލް ކޯޓުން އެކަން ބަލައިގަންނަން ފަށާފައިވާ ކަަމަށް ސިޓީގައި ވެ އެވެ. ކްރިިމިނަލް ކޯޓުން އެގޮތަަށް ކަންތައް ކުރަން ފެށުމުން އެހެން ކޯޓުތަކުން ވެސް ފަހުން ހަމަ އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައި ވެ އެވެ.

"...ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ބަލާއިރު ހެކިބަސްދޭން ކޯޓަށް ހާރިޒުވާން އެންގުމުން ހެކިވެރިޔާ ހެކިބަސްދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވައި ނުވަތަ ކޯޓަށް ހާޒިރުވެ ހެކިބަސްދޭން ބޭނުން ނުވާކަމަށް ބުނެ ހެކިބަސްދޭން އުޒުރުވެރިވާކަމަށް ކޯޓަށް އަންގައިފި ނަމަ އެކަން ކޯޓުން ބަލައިގަނެ އެފަރާތެއްގެ ހެކިބަސް ނުނަގާކަން ފާހަގަ ކުރެވެއެވެ،" ޖޭއެސްސީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސަައިން ސޮއިކުރައްވައި ފޮނުވި ސިޓީގައި ވެއެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުގައި ކްރިިމިނަލް ކޯޓުން އެގޮތަަށް ކަންތައް ކުރަން ފެށުމުން އެހެން ކޯޓުތަކުން ވަނީ އެެކަމަށް ތަބާވެފަ އެވެ. އަދި ހެކިން ހާރިޒު ކުރަން ކޯޓު އަމުރު ނެރުމުގައި ވެސް އެކި ކޯޓުތަކުން އެކިގޮތަށް އަމަލުކުރަމުން އަންނަ ކަމަށާއި އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހެކިން ކޯޓަށް ހާޒިރު ކުރުމަކީ އެ ފަރާތްތަކުން އަމިއްލަ އަށް ކުރަން ޖެހޭ ކަމަކަށް ހަަދާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ބަލާއިރު ހެކިބަސްދޭން ކޯޓަށް ހާރިޒުވާން އެންގުމުން ހެކިވެރިޔާ ހެކިބަސްދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވައި ނުވަތަ ކޯޓަށް ހާޒިރުވެ ހެކިބަސްދޭން ބޭނުން ނުވާކަމަށް ބުނެ ހެކިބަސްދޭން އުޒުރުވެރިވާކަމަށް ކޯޓަށް އަންގައިފި ނަމަ އެކަން ކޯޓުން ބަލައިގަނެ އެފަރާތެއްގެ ހެކިބަސް ނުނަގާކަން ފާހަގަ ކުރެވޭ

އެގޮތަށް ކަންތައް ކުރަމުން އަންނަ އިރު ހެކިބަސް ދޭން ކޯޓުން އަމުރެއް ކުރުމުން ހެކި ނުދިނުމަކީ އަދަބު ލިބޭ ކުށެއް ކަމަށް ވެސް އެ ސިޓީގައި ވެ އެވެ.

ކޯޓުތަކުގައި ނިންމާ ޝަރީއަތްތަކުން އިންސާފު ލިބުނުކަމަށް ގަބޫލުކުރެވުމާއި އިންސާފު ލިބޭތަން ފެނުން ބިނާ ވަނީ ހުކުމެއް ކުރުމުގެ ކުރިން ހިނގާ އިޖުރާއަތްތައް ރަނގަޅަށް ހިނގުމުން ކަމަށާއި ހެކިބަސް ނެގުމުގައި އަމަލުކުރާ ގޮތް އިސްލާހުކުރަން ޖެހޭ ކަމަށް ޖޭއެސްސީން ބުންޏެވެ.

މަޖިލީހުގެ އަމީން އާއްމު ސިޓީ އިއްވަވައި ނިންމެވުުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހެކިބަސް ނުލިބިގެން ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ނުގޮސް އެބަހުރި ކަަމަށެވެ.

ސިޓީގައި ބުނެފައިވާ ގޮތުގައި ޖޭއެސްސީން ވަނީ ކޯޓުތަކާ ގުޅޭ އެ މައްސަލަތައް ސުޕްރީމްކޯޓުގެ ސަމާލުކަމަށް ވެސް ގެނެސްފައި ކަމަށެވެ.