Roadha Mihaaru
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ 4 ތަނެއް ފާސްކުރަނީ

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ހަތަރު ތަނެއް ފާސްކުރަނީ

01 ޖުލައި 2020

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މާލެ ސަރަހައްދުގެ ހަތަރު ތަނެއް ބަލައި ފާސްކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މާލެ ސަރަހައްދުގެ ހަތަރު ތަނެއް ބަލައި ފާސްކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ، މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ފާސްކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭޭސީސީ) އާއި ޚިޔާނާތާއި ގެއްލިފައިވާ ފައިސާ ހޯދުމާ ބެހޭ ކޮމިޝަން ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮން ތަންތަނެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތުތައް ހާމަކުރާނީ އޭސީސީންނެވެ. މި ތަހުގީގުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވެސް ބައިވެރިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރިން، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާ ގުޅިގެން ވެސް ފުލުހުން މާލޭގެ ބައެއް ތަންތަން ބަލައި، ފާސްކުރި އެވެ. އެކަމަކު އެއިން އެއްވެސް މައްސަލައަކާ ގުޅިގެން މިހާތަނަށް ދައުވާއެއް ނުކުރެ އެވެ.