01 ޖުލައި 2020
ޖިންސީގޯނާއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބަޔަކު މިރޭ އިހުތިޖާޖުކޮށްފި އެވެ.
ޖިންސީގޯނާއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބަޔަކު މިރޭ އިހުތިޖާޖުކޮށްފި އެވެ.
އެ މީހުން އިހުތިޖާޖުކުރީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށްޓަކައި މަޖިލީހުގެ އިދާރާ އިން ބޭއްވި ފޯރަމްގަ އެވެ.
އެ ފޯރަމްގައި އާންމުންގެ ބަޔަކު ބައިވެރިވީ، ކުޑަކުދިން ހިިމާޔަތް ކުރުމަށާއި ނުފޫޒު ފޯރުވާ ފަރާތްތައް ހާމަކުރަން ގޮވާލާ ލިޔުންތަކެއް ހިފައިގެންނެވެ. ފޯރަމް ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށް، އެ މީހުން ތެދުވެ "ޒީރޯ ޓޮރަލެންސް ކޮބައިތޯ" ސުވާލުކޮށް އަދި ކުޑަކުދިން ހިމާޔަތް ކުރަން ގޮވި އެވެ. މިއީ މަޖިލީހުގެ އިދާރާގެ ތެރޭގައި އާންމުންގެ ބަޔަކު އިހުތިޖާޖުކުރި ފުރަތަމަ ފަހަރެވެ.
ޖިންސީ ގޯނާއާ ދެކޮޅަށް މަޖިލީހުގެ އިދާރާގައި މިރޭ އިހުތިޖާޖު ކުރަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އާންމުންގެ އިތުރު ފުލުހުންގެ ބައެއް އޮފިސަރުން ވެސް އެ ފޯރަމްގައި ބައިވެރިވި އެވެ. ފޯރަމްގެ ޕެނަލްގައި ތިއްބެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒްގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހެވެ.
ޖިންސީ ގޯނާއާ ދެކޮޅަށް މަޖިލީހުގެ އިދާރާގައި މިރޭ އިހުތިޖާޖު ކުރަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މަޖިލީހުގެ އިދާރާގެ ތެރޭގައި އާންމުންގެ ބަޔަކު އިހުތިޖާޖްކުރީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ދޫކޮށްލި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެކަމުގައި ސިޔާސީ ފަރާތްތަކެއްގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރަމުން ދާއިރު، މަޖިލީހުގެ ކޮމިޓީތަކުން ވެސް މިހާރު ދަނީ އެކަން ބަލަމުންނެވެ. އެކަމާ ގުޅިގެން މި ހަފުތާގައި މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.
މޭޑޭގެ މުޒާހަރާ:ދެ ފުލުހަކު ޓްރެއިނިން ފުރިހަމަނުކުރޭ
ޖޫރިމަނާކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް
ތަހުގީގަށް ސަފާރީއަށް އެރީ މެންދުރެއްހާއިރު: ޕޮލިސް
ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ
ޖިންސީ ގޯނާގެ މައްސަލަ:ތަހުގީގު ހިނގިގޮތް ޕީޖީ ބަލަނީ
މަޖިލީހުގެ ތަހުގީގާ މެދު ބާ ކައުންސިލްގެ ކަންބޮޑުވުން
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"
ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ
ދެ މީހުން ދޫކޮށްލީ މެމްބަރެއްގެ ނުފޫޒަކުން ނޫން:ނަޝީދު